ޗެމްޕިއަންސްލީގުގެ ބާކީ ހުރި މެޗުތައް ކުޅޭނެ ދަނޑެއް ޔޫއެފާއިން ނިންމައިފި

ޗެމްޕިއަންސްލީގު ފުޓްބޯޅަ މުބާރާތުގައި ގަދަސޯޅައިގެ ބާކީ ހުރި މެޗުތައް ކުޅޭނެ ދަނޑެއް ޔޫއެފާއިން ނިންމައިފިއެވެ.

ޔޫއޭފާއިން އެގްޒެކްޓިވް ކޮމެޓީ ނިންމައިފަވާ ގޮތުން މިބުރުގައި ބާކީ ހުރި މެޗުތައް ކުޅެން ހަމަޖައްސަފަވަނީ ހޯމްޓީމުގެ ދަނޑުގައެވެ. ކޮވިޑް 19ގެ ވައިރަސްގެ ސަބަބުން މުބާރާތް މެދުކަނޑާލިއިރު ގަދަ 16ގެ ހަތަރު މެޗެއް ވަނީ ނުނިމިއެވެ. އެގޮތުން ސްޕެއިންގެ ރެއާލް މެޑްރިޑާ މެންޗެސްޓަރ ސިޓީ ކުޅެން މެޗުފާހަކޮއްލެވެއެވެ. މިދެޓީމު ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު ސިޓީން 2-1 ލަނޑު ކާމިޔާބުކުރި އިރު ދެވަނަ ލެގު ކުޅޭނީ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައެވެ.

މުބާރާތުގައި ފްރާންސް ލިޔޯންއާއި ޔުވެންޓަސް ވާދަކުރާ މެޗު ޔުވެންޓަސް ދަނޑުގައި ކުޅޭއިރު ބާސެލޯނާ ނަފޯލީ މެޗު ކުޅޭނީ ބާސާގެ ކޭމްޕްނޮއުގައެވެ. ބަޔާންމިއުނިކް ޗެލްސީ ވާދަކުރާ ދެވަނަ ލެގު އޮންނާނީ ލަންޑަންގެ ސްޓޮންފޯޑް ބްރިޖްގައި.

ޔޫއެފްއާ ނިންމާފަވާގޮތުގައި އެޓީމެއްގެ ހޯމްދަނޑު ބޭނުންކުރުމަށްފަހު މުބާރާތުގައި ކުއާޓާފައިނަލުގެ މެޗުތަކުން ފެށިގެން މުބާރާތް ފައިނަލު މެޗާހަމަޔަށް ޓީމުތައް ވާދަކުރާނީ ޕޯޗުގަލްގެ ލިސްބަންގައެވެ. މުބާރާތްތުގެ ހުރިހާ މެޗެއްވެސް މި ސީޒަންގައި ކުޅެން ނިންމާފަވަނީ ކުޅިބެލުންތެރިންނާ ނުލައި ކަމަށް ޔޫއެފާއިން ވަނީ ނިންމާފައެވެ.

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ގަދަ ސޯޅައިގެ މެޗުތައް ފެށުމަށް ހަމަޖެހިފަވަނީ އަންނަ މަހުގެ 07 އަދި 08 ވަނަދުވަހުއެވެ. މުބާރާތުގެ ފައިނަލު ލިސްބަންގައި އޮންނާނީ އަންނަމަހު 23ވަނަ ދުވަހުއެވެ.

މަސްދަރު ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިދިކޮޅު މުޒާހަރާގެ ސަބަބުން މުޅި މަޖީދީމަގު ހުއްޓުމަކަށް

އިދިކޮޅު ފަރާތްތަކުން މާލޭގައި މިއަދާއި މިރޭ ކުރި މުޒާހަރާތަކުގައި މާލޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް މަގު، މަޖީދީމަގު ...

“ހުއްޓުވާ” މުޒާހަރާ ފުލުހުން ހުއްޓުވައިފި

އިދިކޮޅު ފަރާތްތަކުން ރޭ ކުރިއަށް ގެންދިޔަ “ހުއްޓުވާ” މުޒާހަރާ ފުލުހުން ހުއްޓުވައިފި އެވެ. ރޭ 8:30 ހާއިރު ޗާނދަނީ ...

މަޓީން ބުނީ މިހާލަތުގައި ޓުއަރިޒަމްދާއިރާ އާއްމު ހާލަތަކަށް އައުމަކީ ނާދިރުކަމެއްކަމަށް- ނަޝީދު

މިހާލަތުގައި ޓުއަރިޒަމްދާއިރާ އާއްމު ހާލަތަކަށް އައުމަކީ ނާދިރުކަމެއްކަމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަން އިންޑަސްޓްރީ (  މަޓީން )  ...