ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތްކަމަށްވާ، ދިރާގު ޓީވީއަށް ދިވެހިންގެ ތެރޭގައި އެންމެ މަޤުބޫލު އިންޑިޔާގެ ޓީވީ ޗެނަލްތައް ކަމަށްވާ “ސްޓަރ”ގެ ޗެނަލްތައް ތައާރަފުކޮށްފިއެވެ.

10 ޖުލައި 2020 އިން ފެށިގެން ދިރާގު ޓީވީގެ ކަސްޓަމަރުންނަށް ސްޓަރ އިންޑިޔާ ނެޓްވޯކްގެ މަޝްހޫރު ހުރިހާ ޗެނަލްތައް ބަލާލެވޭނެއެވެ. އޭގެ ތެރޭގައި ސްޓަރ ޕްލަސް، ސްޓަރ ގޯލްޑް، ސްޓަރ ބާރަތް، ސްޓަރ ޖަލްޝާ، ސްޓަރ ވިޖޭ އަދި އޭޝިއާނެޓް ހިމެނެއެވެ.

ސްޓަރ ޗެނަލްތަކުގެ މަޝްހޫރު ޓީވީ ޑްރާމާ ސިލްސިލާތަކާ، ރިއަލިޓީ ޝޯވ ތަކާއި އެންމެ ފަހުގެ ބޮލީވުޑް ބްލޮކްބަސްޓަރ ފިލްމްތައް ދިރާގު ޓީވީއަށް އަންނާނެ ދުވަހަކަށް އިންތިޒާރުކޮށްގެން ތިބި ހުރިހާ ފޭނުންނަށް މިއަދު ވެގެންދާނީ ވަރަށް އުފާވެރި ދުވަހަކަށެވެ. އަދި ޚާއްސަކޮށް ކޮވިޑް-19 އާ ގުޅިގެން މެދުކެނޑިފައިވާ ސްޓަރ ޕްލަސް އަދި ސްޓަރ ބާރަތްގެ ޑްރާމަ ސިލްސިލާތައް މި އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން އަލުން ފެށުމުގެ އުފާވެރި ހަބަރާއެކު މިކަން ވެގެންދާނީ ދިރާގު ޓިވީ އަދި ސްޓަރ ނެޓްވޯކްގެ ފޭނުންގެ ދިގު އިންތިޒާރުގެ ފޮނި ނިމުމަކަށެވެ.

ސްޓަރ ނެޓްވޯކް ދިރާގު ޓީވީއަށް އައުމާ ގުޅިގެން ދިރާގު ޗީފް މާކެޓިންގ އޮފިސަރ މަހްމޫދް ދަސަރ ވިދާޅުވިގޮތުގައި ދިރާގު ޓީވީއަށް ސްޓަރ ނެޓްވޯކްގެ ޗެނަލްތައް އައުމަކީ ވަރަށް އުފާކުރާ ކަމެއްކަމަށެވެ. ސަބަބަކީ ސްޓަރގެ ޗެނަލްތަކަކީ ދިވެހިންގެ މެދުގައި ވަރަށް މަޤުބޫލު ޗެނަލްތަކަކަށްވެފައި، ސްޓަރ ނެޓްވޯކްފަދަ ބޮޑު ޗެނަލަކާގުޅުމުން ދިރާގުޓީވީއިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކޮންޓެންޓް އިތުރަށް މުއްސަނދިވެ ތަރައްޤީވާނެކަމަށް ގަބޫލުކުރެވޭތީއެވެ. މަހުމޫދު އިތުރަށް ވިދާޅުވިގޮތުގައި، މި ސްޓާރ ނެޓްވޯކްގެ ޗެނަލްތަކުގެ ސަބަބުން ދިރާގު ކަސްޓަމަރުންނަށް މުނިފޫހިފުލުވުގައި އިތުރު ކުރިއެރުމާއި ފާގަތިކަން ލިބިގެންދާނެކަމަށް އުންމީދު ކުރާކަމަށެވެ.

ސްޓަރ އިންޑޔާގެ ސްޕޯކްސްޕާސަން ވިދާޅުވިގޮތުގައި ދިރާގުޓީވީ އާ ގުޅިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ސްޓަރ ގެ ޗެނަލްތައް ފޯރުކޮށްދެވުމަކީ ވަރަށް އުފާކުރާކަމެއް ކަމަށާއި ދިރާގު ޓިވީ ކަސްޓަމަރުން ސްޓަރ އިން ފޯރުކޮށްދޭ ޗެނަލްތަކާއި، ބޮލްކްބަސްޓަރ ފިލްމުތަކުގެ އިތުރުން ޑްރާމާ ސިލްސިލާތަކަކީ ދިވެހިން ގަޔާވާ އަދި ކަމުދާނެ ޕްރޮގުރާމްތަކަށް ވެގެންދާނެކަމަށެވެ.

100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ %73 ގޭބިސީއަށް މިހާރު ޓީވީ ޚިދުމަތް ވަނީ ދިރާގުން ފޯރުކޮށްދީފައިއެވެ. އޭގެ ތެރޭގައި 53 ރަށް ހިމެނެއެވެ. މީގެ ތެރޭގައި ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތް ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ވަނީ ފޯރުކޮށްދީފައިއެވެ.

ސްޓާ ޗެނަލްތަކުގެ އިތުރު މައުލޫމާތު ތިރިީގައި އެވާ ލިންކުން ލިބޭނެ އެވެ.
https://www.dhiraagu.com.mv/Dhiraagu_TV.aspx?utm_source=PR&utm_medium=PR&utm_campaign=SonyAnnouncement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބޮމެއް އޮތްކަމަށް ބުނެ އިންޒާރުދިން ދެ މީހަކު އައްޑޫ އެއާޕޯޓުން ހައްޔަރުކޮށްފި

ބޮމެއް އޮތްކަމަށް ބުނެ އިންޒާރުދިން މައްސަލައެއްގައި ދެ މީހަކު އައްޑޫ ސިޓީ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ހައްޔަރުކޮށްފިއެވެ. ބޮމެއް ...

އަންނަ މަހު ސްކޫލުތަކާއި ކޮލެޖްތައް ހުޅުވާލަނީ

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ލަފައާއި އެކު އަންނަ މަހު ސްކޫލުތަކާއި ކޮލެޖްތައް ހުޅުވައި ކިޔެވުން ފަށަން ...

އާޔަތްތައް ލިޔުމުގެ ބަދަލުގައި ރިފަރެންސް ދިނުމަށް ބުނި ބުނުން ބާތިލްކުރިން

ގުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ރިފަރެންސް ދިނުމަށް ބުނި ބުނުން ފަހުން ބާތިލު ކުރި ކަމަށް އެޑިއުކޭޝަން ...