މަޓީން ބުނީ މިހާލަތުގައި ޓުއަރިޒަމްދާއިރާ އާއްމު ހާލަތަކަށް އައުމަކީ ނާދިރުކަމެއްކަމަށް- ނަޝީދު

މިހާލަތުގައި ޓުއަރިޒަމްދާއިރާ އާއްމު ހާލަތަކަށް އައުމަކީ ނާދިރުކަމެއްކަމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަން އިންޑަސްޓްރީ (  މަޓީން )  ބުނެފިއެވެ. މަޓީން ބުނީ މިހާލަތުގައި ޓުއަރިޒަމްދާއިރާ އާއްމު ހާލަތަކަށް އައުމަކީ ނާދިރުކަމެއްކަމަށާ މިއަހަރުގެ ބާކީއޮތް ދުވަސްތަކުގައި ޓުއަރިޒަމް ދާއިރާއިން އާމްދަނީއެއް ލިބޭނެކަމަށް ނުފެންނަކަމަށެވެ. ދާއިރާގެ ފިއުޗަރ ރެވެނިއު ފޯކާސްޓެއް މިދަނޑިވަޅުގައި ހެދިދާނެކަމަށް ގަބޫލް ނުކުރެވޭނެކަމަށްވެސް މަޓީންވަނީ ބުނެފައެވެ.

ރަށްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ސަމާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓަކާގުޅިގެން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޓީން ބުނާގޮތުގައި މިއަހަރު ރާއްޖެއަށް ޓުއަރިސްޓުން ނާންނާނެކަމަށާ މަޓީގައި ތިއްބެވީ އެންމެ ތަޖުރިބާކާރު ބޭފުޅުން ކަމަށްވާއިރު އެޖަމާއަތުން ދައްކާވާހަކަ އަޑުއަހަން ޖެހޭކަމަށެވެ.

” ކޮމިޓީން ބެލިބެލުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމްގައި ފޯސްކާސްޓެއްނެތް ، އެމްއެމްޕީއާރުސީއަކު އެބޭފުޅުންގެ  ފޯކާސްޓެއްނެތް ، އެހެންވީމާ ކޮމިޓީން އެދުނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީގައި ފޯސްކާސްޓެއް ހަދާ ދިނުމަށް ، އެޔުނިވާސިޓީން ވިދާޅުވެފައިވަނީ 4 ހަފްތާގެ ތެރޭގައި އެބޭފުޅުން ފޯކާސް ހަދާ ދޭނަމޭ ، އަޅުގަޑު ދެކޭ ގޮތުގައި މިހާރު އެ 4 ހަފްތާ ގާތްގަޑަކަށް ހަމަވެދާނެ ، އެހެންކަމުން އަޅުގަޑު މަޖިލިހުގެ އިދާރާގައި އަދި ކޮމިޓީގައިވެސް އެދޭނަން އެބޭފުޅުންނާ މިވާހަކަ ދައްކަވާ ދިނުމަށް ، މަޓީން ބުނަނީ އެބޭފުޅުން ދެކޭ ގޮތުގައި މިއަހަރު ޓޫރިސްޓުންނެއް ނާންނާނޭ ، އަޅުގަޑަށް ފެންނަ ފެނުމުގައި މަޓީން ދައްކާވާހަކަ އަޅުގަޑުމެން އަޑުއަހަންޖެހޭނެ ، އެތަނުގައި އެތިއްބެވި ބޭފުޅުންނަކީ ދިވެހިރާއްޖޭގެ ރިސޯޓްތަކުގެ ވިޔާފާރީގެ ކަންކަން ވަރަށްރަގަޅަށް ދަންނާނެ ބޭފުޅުން ،  އެބޭފުޅުން އެދައްކަވާ ވާހަކަ އަޅާނުލާ އެވާހަކަތައް ބޮލާލާ ޖަހާފައި މިރާއްޖޭގެ އިގުތިސޯދު އަޅުގަޑުމެންނަށް  ރަގަޅު މިސްރާބަކަށް ގެންދެވިދާނެކަމަކަށް އަޅުގަޑަކަށްވެސް ނުފެނޭ ، އަދި ރަށްޔިތުންގެ އާއްމު ހާލަތު ރަގަޅުކުރެވިދާނެކަމަކަށްވެސް ،  އަދި ރަށްޔިތުންގެ އާމްދަނީ މިހާބޮޑަށް ދަށްވެފައި އަދި ރަށްޔިތުން މިހާބޮޑަށް ހާލުގައި ޖެހިފައިވާ ވަގުތެއްގައި އެބޭފުޅުންގެ ވާހަކަ އަޑުނާހާ އަޅުގަޑުމެން ތިބޭކަށެއް ހިލާ އެއްގޮތަކަށްވެސް ނުވާނެ ، މަޓީ ދެކޭގޮތުގައި މިއަހަރު ނިމެންދެން ރިސޯޓްތަކަކަށް މީހުންނާންނާނެ ”   ” އިއްޔެގެ މަޖިލިހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޓީން އެ ގޮތަށް ލަފާކުރި ނަމަވެސް ކައިރީގައި އެއާޕޯޓް ހުރި ރިސޯޓްތައް ހުޅުވޭނެ ގޮތް ހަދައި ދިނުމަށް ރިސޯޓްތަކުން ސަރުކާރުގައި އެދެމުން އަންނަ ކަމަށްވެސް އިއްޔެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން  ނަޝީދު ވިދާޅުވި އެވެ.

” ރިސޯޓުތަކުން އެބައެދޭ  ސަރުކާރުގައި ، އެއާޕޯޓްތައް ކައިރީގައި ތިބި ރިސޯޓްތައް ހުޅުވޭނެގޮތެއް ހަދާދިނުމަށް ، އަޅުގަޑުގާތުގައިވެސް އަދި ކޮމިޓީންވެސް އެބަފާހަގަކުރޭ ރިސޯޓްތަކުން އެގޮތައް  އެދެމުންދާކަމަށް  ، ބޭރުގައި އެބަތިއްބޭ މީހުން އަންނަން ، ދެން މިކަމަކީ އެހެންބަޔަކާ ބެހޭ ކަމެއްނޫނޭ ، އެމީހުން އައިސް ތިބޭނީ އެބޭފުޅުންގެ ރިސޯޓްގައޭ ، އަދި އޭގެ ފަހުން މީހުންނަށް ވަޒީފާގެ ފުރުސަތުތައް ލިބި މީހުންނަށް އާމްދަނީ ލިބޭނެއޭ  ” ނަޝީދު ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުއްގިރި މައްސަލާގައި އަދީބުއާއި ޒިޔަތުގެ ހެކި ބަލައިގަނެވޭނެކަމަށް ސުޕްރިމް ކޯޓުން ހުކުމް ކޮށްފި

ފުއްގިރި މައްސަލާގައި ކުރިމިނަލް ކޯޓަށް އަދީބުއާއި ޒިޔަތުގެ ހެކިބަސް ބަލައިގަނެވޭނެކަމަށް ސުޕްރިމް ކޯޓުން ހުކުމް ކޮށްފިއެވެ. ރ.ފުއްގިރި ކުއްޔަށް ...

ފެނަކަ އަކީ ދައުލަތަށް އާމްދަނީ ހޯދަން ހަދާފައި އޮތް ކުންފުންޏެއް ނޫން: ރައީސް

ފެނަކައަކީ ހަމައެކަނި ކަރަންޓްގެ ހިދުމަތް ދޭން ހަދާފައި އޮތް ކުންފުންޏެއް ނޫން ކަމަށާ ފެނަކަ އަކީ އެކި ރަށްރަށުގައި ...

މަޝްރޫޢުތަކުގެ ތަފްސީލް ހޯދުމަށް ސިޓީ ކައުންސިލަށް ވަޑައިގަތުމަށް ސަޢީދަށް ދައުވަތުއަރުވައިފި

އައްޑޫސިޓީގައި ކުރިއަށްދާ މަޝްރޫޢުތަކުގެ ތަފްސީލް ހޯއްދެވުމަށް އައްޑޫ ސިޓީކައުންސިލަށް ވަޑއިގަތުމަށް މޭޔަރު ޢަލީ ނިޒާރު، މާވަށު ދާއިރާގެ މެންބަރު ...