ކުމުންދޫ ކައުންސިލްގެ ރައީސްގެ މުސާރައިން 20 ޕަސެންޓް ކޮވިޑް ޓާސްކް ފޯސްއަށް

ހދ ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދުގެ އޭނާގެ މިމަހުގެ މުސާރައިން 20 ޕަސެންޓް އެރަށު ކޮވިޑް-19 ޓާސްކް ފޯސްއަށް ހަދިޔާކުރަން ނިންމައިފި އެވެ.

އަމީން މުހައްމަދު އެކަން އިއުލާނުކޮށް ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓްގައި ބުނެފައިވަނީ މިމަހުގެ މުސާރައިގެ 20 ޕަސެންޓް ކޮވިޑް-10 ޓާސްކް ފޯސްއަށް ބޭނުންވާ މާސްކާއި ސެނިޓެއިޒަރ ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ.

“ކޮވިޑް 19 އާ ގުޅިގެން ރައްރަށުގެ ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށީގެންވާ މިންވަރަށް ވަސީލަތްތައްނެތުމަކީ ރަށްރަށުގެ ޓާސްކް ފޯސް ތަކަށް ދިމާވާ ބޮޑު ގޮންޖެހުމެއް.” އަމީން ލިޔުއްވާފައިވެ އެވެ.

އަމީން ވިދާޅުވީ ރަށްރަށުގެ ޕްރަންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތައް އެކަށީގެންވާ ވަރަށް ވަސީލަތްތައް ނެތުމަކީ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރިތިކްގެ “ސުޕަރ 30”

ފިލްމު ސުޕަރ 30 އަކީ ޕަޓްނާގެ ސްކޮލަރ އާނަންދް ކުމާރްގެ ހަޔާތުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ. އާނަންދް ...

10 ފޫޓުގެ ބޮޑު ކިނބުލެއް ގއ. ކޮނޑޭއިން ހިފައިފި

ގއ. ކޮނޑޭ ގޮނޑުދޮށުން 10 ފޫޓުގެ ބޮޑު ކިނބުލެއް  ހިފައިފިއެވެ. ކޮނޑޭ ޒުވާނުންތަކެއް ނިކުމެ ވާޖަހައިގެން ހިފާފައިވާ މި ...

އައްޑޫސިޓީ ރޫޅާނުލައި އައްޑޫސިޓީ ބިނާކުރާ މަޖިލިހަކަށް މަޖިލިސް ހަދައިދޭން ބޭނުން- ރައީސް ނަޝީދު

އައްޑޫސިޓީ ރޫޅާނުލައި އައްޑޫސިޓީ ބިނާކުރާ މަޖިލީހަކަށް ހަދައިދޭނެން ބޭނުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ ރައީސް ...