އިތުރު 58 މީހުން ކޯވިޑް19 އަށް ޕޮޒިޓިވްވެ ރާއްޖޭއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1371 އިތުރުވެއްޖެއެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 25 ދިވެހިންނާއި ބަންގްލަދޭޝްގެ 13 މީހަކާއި އިންޑިއާގެ 14 މީހެއްގެ އިތުރުން ނޭޕާލްގެ 6 މީހެކެވެ.

މިއާއެކު މިބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދދުވަނީ 494 އަށް އަރާފައެވެ. އަދި ބިދޭސީންގެ އަދަދުވަނީ 877 އަށް އިތުރުވެފައެވެ.

މިހާތަނަށް އެންމެ ގިނައިން ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. އެގޮތުން މިހާތަނަށްވަނީ އެޤައުމުގެ 688 މީހުން ޕޮޒިޓިވްވެފައެވެ. ރާއްޖޭގައި ކޯވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު އައިސޮލޭޝަން ފެސިލިޓީތަކުގައި ނުވަތަ ބައްޔަސް ފަރުވާ ދެމުންދަނީ 1221 މީހުންނެވެ.

ރާއްޖެއިން މިބަލި ފެނުނުތާ މިއަދަށް 78 ދުވަސްވެފައިވާއިރު، މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ ޕޮޒިޓިވްވި މީހުންގެ ތެރެއިން 10 އިންސައްތަ މީހުންނެވެ. އަދި މިބަލީގައި ވަނީ 4 މީހުން މަރުވެފައެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީ ގަމާއި ސައުތުއެފްރިކާއާ ދެމެދު ސީދާ ދަތުރުތައް މިއަހަރުގެ ނޮވެމްބަރު މަހު ފަށަނީ

ގަން އިންޓަނޭޝަނަލް އެއަރޕޯޓާއި ސައުތު އެފްރިކާއާ ދެމެދު މިއަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި ސީދާ ދަތުރުތައް ފެށޭނެކަމަށް ޓޫރިޒަމް ...

އެސްޓީއޯއަށް ދަނޑުވެރިން ހައްދާ ނަގާނީ ވަގުތުން ފައިސާ ދީފައި : އަމްރު

ރާއްޖޭގެ ދަނޑުވެރީން ހައްދާތަކެތި އެސްޓީއޯގަންނާނެކަމަށާ މިގޮތައް ދަނޑުވެރީން އަތުން އެސްޓީއޯއިން ގަންނަ ތަކެއްޗަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ...

އައްޑޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް

އައްޑޫގައި ޔޮޓް މެރީނާ އަކާއި ކުރޫޒް ޓާމިނަލެއް އެޅުމަށް ނިންމާފައި ވާކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ...