ހުޅުމީދޫ ސިއްހީމަރުކަޒުގެ ފަރާތުން ފުލޫ ކްލިނިކެއް ހުޅުވައިފި

ކޮވިޑް-19 އާއި ގުޅިގެން ހުޅުމީދޫ ސިއްހީމަރުކަޒުގެ ފަރާތުން ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ.

ހުޅުމީދޫ ސިއްހީމަރުކަޒު ކައިރީގައި ހުންނަ  ޑރ. އަފީފުގެގެ ” ޖައްވު ” ގައި މިއަދު ހުޅުވި މި ކްލިނިކުން ހިދުމަތްދޭނީ ހެނދުނު 10:00އިން މެންދުރު 12:00 އަށެވެ.

ހުމާއި އަދި ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތަކުން މި ކްލިނިކަށް ދެއްކުމަށް ސިއްހީމަރުކަޒުން ވަނީ އިލްތިމާސްކޮށްފައެވެ.

ސިއްހީމަރުކަޒުގެ ފަރާތުން ހުޅުވި މިފްލޫ ކްލިނިކްގައި ބަލިމީހުން ބައްލަވަމުން ގެންދަވާނީ ޑޮކްޓަރ ޝުވައްޔާ ރަޝީދެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް 19 އަށް 177 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.

ހުޅުމީދޫ ސިއްހީމަރުކަޒުގެ ފަރާތުން ހުޅުވި ފްލޫ ކްލިނިކް

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ބަހުން ހުތުބާ ކިޔުމުން މުދިމު މުހައްމަދު ރަޝީދު ސަސްޕެންޑްކޮށްފި

މީދޫ ސޯސަންވާދީ މުހައްމަދު ރަޝީދުއަށް  ހުކުރު ނަމާދު އިމާމުވެ ނުކުރެވޭގޮތައް ސަސްޕެންޑްކޮށްފިއެވެ.   މުހައްމަދު ރަޝީދު ސަސްޕެންޑް ކުރިކަމަށް ...

ހުޅުދޫ ނިއު ލައިންޓް ބޯޓްގެ 11 ފަޅުވެރީންގެ ގައިން ކޮވިޑް 19 ގެ ޓެސްޓް ހެދުމަށް ސާމްޕަލް ނަގައިފި

ހުޅުދޫ ނިއުލައިން ބޯޓްގެ 11 ފަޅުވެރިއެއްގެ ގައިން  ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގައިފިއެވެ. ނިއުލައިން ބޯޓު ...

ކޮވިޑް ޖެހިގެން ނައިފަރުން މީހަކު ނިޔާވެއްޖެ

ކޮވިޑަށް ފަރުވާ ދެމުންދިޔަ 66 އަހަރުގެ މީހަކުނައިފަރުން ނިޔާވެއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވީ މިއަދު ހެނދުނު 08:05 ހާއިރު ނިޔާވެފައިވަނީ ...