އައްޑޫ ބަހުން ހުތުބާ ކިޔުމުން މުދިމު މުހައްމަދު ރަޝީދު ސަސްޕެންޑްކޮށްފި

މީދޫ ސޯސަންވާދީ މުހައްމަދު ރަޝީދުއަށް  ހުކުރު ނަމާދު އިމާމުވެ ނުކުރެވޭގޮތައް ސަސްޕެންޑްކޮށްފިއެވެ.  

މުހައްމަދު ރަޝީދު ސަސްޕެންޑް ކުރިކަމަށް  އައްޑޫސިޓީ ކައުންސިލުގެ ޚުޠުބާ ކޮމިޓީން  އަންގާފައިވަނީ ސެޕްޓެމްބަރ 2 ވީ ހުކުރުދުވަހު މީދޫ މަސްޖިލުލް އިބްރާހިމް މަޖުދުއްދީން މިސްކިތުގައި ހުޠުބާ ކިއުމުގައި ހުޠުބާ ލިޔެފައިވާ ބަހުންނޫން އެހެންބަހަކުން މުހައްމަދު ރަޝީދު ހުޠުބާ ކިޔާފައިވާތީއެވެ.  މައުލޫމާތު ލިބިފައިވާގޮތުގައި  ” ސުލްހަވެރި މުޖުތަމައެއް ބިނާކުރުން ” މިމިއުޟޫއަށް އެދުވަހު ކިޔާފައިވާ މިޚުތުބާ މުހައްމަދު ރަޝީދު ކިޔާފައިވަނީ އައްޑޫ ބަހުންނެވެ.

ޚުޠުބާ ލިޔެފައިވާ ބަސްނޫން އެހެންބަހަކުން ޚުޠުބާ ހުށަހަޅާފައިވާތީ އެމައްސަލަ ބަލާ ނިމެންދެން އިމާމުވެ ހުކުރު ނުކުރެވޭގޮތައް ސަސަޕެންޑްކޮށްފައިވާކަން އެންގުމަށް މިއަދު މީދޫ އަވަށު އޮފީހަށް ހާޒިރުކޮށް ލިއުމެއްގައި ސޮއިކުރަން އެންގި. އަޅުގަޑު ދެންނެވިން އަޅުގަޑު ތިލިއުމުގައި ސޮއކުރާނީ ޚުޠުބާ ލިޔެފައިވާ ބަސް  ނޫން އެހެން ބަހަކަށް ބަދަލުކޮށްގެން ޚުޠުބާ ހުށަހެޅިކަމަށް ބުނެފައިވާ ތަންކޮޅު ބަދަލުކޮށްދިނުމުންކަމަށް   . އެހެން އަޅުގަޑު ބުނީ އަޅުގަޑު ޚުޠުބާ ހުށަހެޅީ ދިވެހިބަހުން ކަމަށްވާތީ. އަދި ޚުޠުބާ ލިޔެފައިވަނީވެސް ދިވެހިބަހުންކަމަށްވާތީ

މުހައްމަދު ރަޝީދު ވީއޯއެމްއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.  

ޚުޠުބާ ކިއުމުގައި ޚުޠުބާގެ މައިގަޑަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާނެ، ޚުޠުބާގައި ހިމެނޭ  ޤުރުއާނާއި ޙަދީސް ތަކާއި އޭގެ މާނަ ކިޔާފައިވާނީ ޚުޠުބާގައި އޮތްގޮތަށް

މުހައްމަދު ރަޝީދު ބުނެފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫގެއަކުން ވައްކަންކޮށްގެން މީދޫ މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ މީދޫގެއަކުން މިދިޔަ މާރޗްމަހުގެ ތެރޭގައި ވައްކަން ކުރި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ހާމަކޮށްފައިވާގޮތުން  މީދޫ  ގެއަކުން ...

އެމްޑީޕީ ރަށްވެހި ފަތިސް ކެމްޕެއިން ލޯންޗުކުރުން މިރޭ – ހުޅުމީދޫ ޖަލްސާ އަތޮޅުމަދަރުސާގައި

ހުޅުމީދޫގައި ބާއްވާ އެމްޑީޕީ ރަށްވެހި ފަތިސް ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާ މިރޭ 8:45 އަތޮޅުމަދަރުސާގައި ބޭއްވޭނެއެވެ. ހުޅުމީދޫގައި ބާއްވާ ...

ހުޅުދޫގައި ޕޮލިސް ވެހިކަލާ ސައިކަލެއް ޖެހި އެކްސިޑެންޓް އެއް ހިގައި

ހުޅުދޫ ޑިމިޝްކަރަ ސަރަހައްދުން ޕޮލިސް ވެހިކަލާއި ކައިކަލެއް ޖެހި އެކްސިޑެޓް ހިގައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުން މިއެކްސިޑެންޓް ހިގާފައިވަނީ ހުޅުދޫ ...