ހުޅުދޫ ނިއު ލައިންޓް ބޯޓްގެ 11 ފަޅުވެރީންގެ ގައިން ކޮވިޑް 19 ގެ ޓެސްޓް ހެދުމަށް ސާމްޕަލް ނަގައިފި

ހުޅުދޫ ނިއުލައިން ބޯޓްގެ 11 ފަޅުވެރިއެއްގެ ގައިން  ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގައިފިއެވެ.

ނިއުލައިން ބޯޓު މިދިޔަމަހުގެ 17 ވަނަ ދުވަހު މާލެން ފުރައިގެން ހުޅުދުއަށް  އައިސްފައި ވަނީ 20  އޭޕްރީލް 2020 ވީ ހޯމަ ދުވަހުއެވެ. މި ބޯޓު ރަށަށް އައުމާއެކު ބޯޓުގެ 11 ފަޅުވެރިންގެ ތެރެއިން 10  ފަޅުވެރީންނާއިއެކު ބޯޓު ވަނީ އެކަހެރިކޮށްފައެވެ. މިބޯޓްގެ އަނެއް ފަޅުވެރިޔާ އެކަހެރި ކުރެވިފައިވަނީ އޭނާގެ ގޭގައެވެ.

އިއްޔެ މިބޯޓުގެ 11 ފަޅުވެރިއެއްގެ ގައިން ސާމްޕަލް ނަގާފައިވަނީ ބޯޓް މާލެން ފުރިތާ 14 ދުވަސް އިއްޔެއާއި ހަމައަށް ހަމަވުމުން ބޯޓް އެކަހެރިކޮށްފައިވާ އެކަހެރިކުރުމުން ދޫކޮށްލުމަށް  ބަލަމްޖެހޭ ބެލުންތައް ބެލުމަށް ހުޅުމީދޫ ސިއްހީމަރުކަޒުގެ ފަރާތުން އިއްޔެ ހަވީރު ބޯޓަށް ގޮސް ބޯޓްގެ ފަޅުވެރީން ބަލާ ޗެކްކުރުމުން ދެފަޅުވެރިއެއްގެ ގައިން ހުމުގެ އަސަރު ފެނުމާއި ގުޅިގެން އެކަން އެޗްޕީއަށް ރިޕޯޓްކޮށް އެޗްޕީއޭގެ ލަފާގެ މަތިންނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ނިއުލައިން ބޯޓުގެ 11 ފަޅުވެރީންގެ ގައިން އިއްޔެ ނެގުނު ސާމްޕަލް މިއަދުގެ ފްލައިޓުން ވަނީ މާލެ ފޮނުވާލެވިފައެވެ. މިސާމްޕަލްތަކުގެ ނަތީޖާ ލިބެންދެން ބޯޓު އަދިވެސް ވަނީ އެކަހެރި ކުރެވިފައެވެ.

ނިއުލައިން ބޯޓު އެކަހެރި ކުރެވިފައިވާއިރު މީދޫ ބެސްޓްލައިންޓޯޓާއި ސައުތު ލައިން ބޯޓްވެސް ވަނީ އެކަހެރި ކުރެވިފައެވެ. އަދި މީގެ އިތުރަށް މީދޫގެ ދެގެެއެއްވެސް ވަނީ އެކަހެރި ކުރެވިފައެވެ. އެއީ ސައުތުލައިން ބޯޓުން އައި ދެމީހަކު އެ  އެދިގެން ކަމާބެހޭ ފަރާތްތަކުގެ ހުއްދައާއިއެކު ގެއަށް ބަދަލު ކުރެވިފައިވާތީއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްޑީޕީގެ ކޮންގްރެސް ފަސްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ފައްޔާޒް ވިދާޅުވެއްޖެ

އެމްޑީޕީގެ ކޮންގްރެސް ފަސްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި މި ސަރުކާގެ އިކޮނޮމިކް ...

ދިރާގު ފައިބާ ހިދުމަތަށް އެދޭ ފަރާތްތަކަށް ހިލޭ ރައުޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތާއި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން، އެ ކުންފުނީގެ ފިކްސްޑް ...

ނަޝީދުގެ އާ ސިޔާސީ ޕާޓީ “ދަ ޑިމޮކްރެޓްސް” އުފެއްދުމަށް އީސީއަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އާ ޕާޓީ، “ދަ ޑިމޮކްރެޓްސް”ގެ ނަމުގައި އުފެެއްދުމުގެ ...