މޮރޭއަށް އައްޑޫސިޓީން ވަރަށް ހޫނުމަރުހަބާއެއް ކިޔައިފި

advertisement

1996 ވަނަ އަހަރު ފުރަތަމަ ފަހަރަށް އައްޑޫއަށް ޒިޔާރަތްކުރި ގާއި މޮރޭ 25 ވަނަ ފަހަރަށް މިމަހުގެ 10 ވަނަ ދުވަހު އައްޑުއަށް ޒިޔާރަތް ކުރުމުން އައްޑޫން އޭނާއަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުންނާއި، އައްޑޫގައި މޮރޭ ހުރުމަށް ހަމަޖެހިފައިވާ ޕެބްލްސް ގުޅިގެން  މޮރޭއަށް  ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު މޮރޭ އެއަރޕޯޓުން ހިތަދޫގައި ހުންނަ ޕެބްލްއިންސް އަށް ގެންގޮސްފައިވަނީ ވަރަށް ތަފާތު ގޮތަކަށަވެ. މިގޮތުން މޮރޭ ހިތަދުއަށް  ލޯންޗުން ގެންގޮސްފައިވަނީ ސީދާ ޕެބްލްސްއިން ކުރިމަތީގައި އޮންނަ ޖެޓީއަށެވެ.

ޕެބްލްސްއިން ކުރިމަތީގައި އޮންނަ ޖެޓީން މޮރޭއަށް މަރުހަބާ ދަންނަވާފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ޞާދިޤާއި، ޕެބްލްސްއިންގެ ޓީމުންނެވެ. މޮރޭއަށް މަރުހަބާ ދެންނެވުމަށް ބޭއްވުނު މިރަސްމިިއްޔާތުގައި  ސިޓީ ކައުންސިލާއި އެމްއެމްޕީއާރުސީގެ ފަރާތުން މޮރޭއަށް  ހަދިޔާ ދީފައިވެއެވެ.

މޮރޭ އައްޑޫއަށް ޒިޔާރަތްކުރަނީ ގޭމް ފިޝިންގއަށް އޭނާ ހުންނަ ޝައުޤުވެރިކަމެއްގެ ބޮޑުކަމުންކަމަށް އޭނާ ވަނީ ބުނެފައެވެ. މިގޮތުން  އޭނާ އިއްޔެ އައްޑުއަށް އައުމަށްފަހުވެސްވަނީ  މަހަށް ގޮސްފައެވެ.

ތިރީގައިވާ އެވަނީ މޮރޭއަށް މަރުހަބާ ދެންނެވުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން ނެގިފައިވާ ފޮޓޯތަކެއް

ފޮޓޯ: އިބްރާހިމް އަބްދުﷲ
ފޮޓޯ: އިބްރާހިމް އަބްދުﷲ
ފޮޓޯ: އިބްރާހިމް އަބްދުﷲ

 

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބައެއް ވޯޓުފޮށިތައް އިލެކްޝަންސް އިން މިއަދު އަލުން ގުނަނީ

މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައެއް ވޯޓު ...

ގޮނޑުދޮށްތަކުން ވެލި ނަގާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނަން – އީޕީއޭ

ޤަވާއިދާ ޚިލާފަށް ގޮނޑުދޮށްތަކުން ވެލިނަގާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ...

5 އަހަރު ނިމުނުއިރު ފެނަކައިގެ ދަރަނި 4.1 ބިލިއަނުގައި، ކުންފުނި އޮތީ އޮޕްރޭޝަނަށް ބުރޫ އަރާ ހާލަތުގައި

ފާއިތުވި އިތުވި ފަސް އަހަރު ތެރޭގައި ފެނަކައިގެ ދަރަނި 4.1 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ ކުންފުނީގެ ...