ކޮރޯނާވައިރަހުގެ ޙާލަތު އަދި އޮތީ ވަރިހަމަކޮށްގެން ތިބެވޭ ޙާލަތުގައެއް ނޫން – ހެލްތު މިނިސްޓަރ

advertisement

ކޮރޯނާވައިރަހުގެ ޙާލަތު އަދި އޮތީ ވަރިހަމަވެގެން އެއްވެސް ބަޔަކު ތިބޭފަދަ ޙާލަތެއްގައި ނޫންކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ކޮރޯނާވައިރަސްގެ ޙަޤީގަތް އަދި ހާމަވެފައި ނުވާއިރު ރާއްޖެއަކީ ގިނަ ފަތުރުވެރިން އަންނަ ޤައުމަކަށްވުމުގެ އިތުރުން އަދި ރާއްޖެއިން ބޭރުގައިވެސް ގިނަ ދިވެހިން އުޅޭއިރު މީގެ ނުރައްކާ ރާއްޖެއަށް އޮތް މިންވަރު ބޮޑުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޮރޯނާ ވައިރަހުގެ މިހާރުގެ ޙާލަތަށް ތައްޔާރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތައް ކުރަމުން އަންނަ އިރު އާއްމުންވެސް މިކަމަށް ސަމާލުކަންދީ އެއްބާރުލުން ދިނުމަށް ހެލްތު މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ. ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް މީހަކު އަދި ރާއްޖެއިން ފެނިފައިނުވިނަމަވެސް މިބަލި ފެތުރެމުންދާ ޤައުމުތަކުން ބަލި ފެތުރޭ ގޮތަށް ބަލާއިރު މިއީ ނުރައްކާކަމެއްކަމަށެވެ. އެހެންކަމުން ދުރާލާ މިކަމަށް ގިނަ ފިޔަވަޅުތަކެއް އަޅާ ތައްޔާރީ ޙާލަތުގައި ތިބުމަށް ސަރުކާރުން އިސްކަންދެއްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ކްލިނިކަލް ގޮތުން މީހަކު އެޑްމިޓްކޮށްގެން އެކަހެރި ތަނެއްގައި ފަރުވާ އެންމެ ފުރިހަމަ ގޮތުގައި ދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށާއި އެތަނުގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.

އެގޮތުން އަމާޒަކީ އެކަހެރި ތަނެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް 30 އެނދު ޤާއިމުކުރުމަށް ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުންވެސް ކޮރޯނާވައިރަސް އާއި ގުޅިގެން މީހުން އެކަހެރިކުރުމަށް ޚާއްސަ ތަންތަން ޤާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގައި އަލަށް ހަދާ ރަށެއް ކަމަށްވާ ވިލިވަރުލުގައާއި ފަރުކޮޅުފުށީގެ ވަކި ސަރަޙައްދެއް މިކަމަށް ޚާއްސަކޮށްގެން މަސައްކަތްކުރަމުން އަންނަކަމަށް ހެލްތު މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ ކުއްލި ޙާލަތެއްގައި ރާއްޖެއަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށް ދިނުމާއި ގުޅޭގޮތުން ސަރުކާރުން އަވައްޓެރި ޤައުމުތަކާއެކު މަޝްވަރާކޮށް އެކަމުގައި އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވާކަމަށެވެ.

ޗައިނާގައި ކޮރޯނާ ވައިރަސް ފެތުރިގެން ދިޔަ ގޮތަށް ބެލުމަށްފަހު ގިނަ ޤައުމުތަކުން އަންނަނީ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވާ ކޭސްއެއް ނުފެންނަ ޙާލަތުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ރާއްޖެއަކީވެސް މިފިޔަވަޅުތައް އެންމެ ފުރަތަމަ އެޅި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އަދި ޗައިނާގެ އިތުރުން އެހެން ޤައުމުތަކުންވެސް މިވައިރަސް ފެންނަ މިންވަރު އިތުރުވަމުންދިޔުމާއި ގުޅިގެން އެ ޤައުމުތަކުންވެސް އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.

advertisement

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައިވީ މިކްސްޑް ވޮލީކަޕް- ސެމީފައިނަލްގެ ދެވަނަމެޗްގައި ފޭދޫ ފާހި ސްޕޯޓްސްއާއި ބައްދަލުރާނެޓީމަކީ މަރަދޫފޭދޫ ވޮލީޓީމް

” އައިވީ މިކްސްޑް ވޮލީކަޕް  ” ގައި މަރަދޫފޭދޫ ސްޕާކްލްސް ބަލިކޮށް ސެމީފައިނަލުން ޖާހަގަ ހޯދާފައިވާ ފޭދޫ ފާހި ...

ފޮޓޯއިން ޚަބަރު: ގައުމީ ދުވަސް ފާހަގަ ކުރުމަށް ކުޅެވުނު ފުޓްސަލްމެޗް

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މިއަހަރުގެ ގައުމީދުވަސް ފާހަގަކުރުމުގެ ގޮތުން  މިމަހުގެ 18 ވަނަ ދުވަހުގެރޭ ހުޅުދޫ ...

މޯދީއާއެކު 46 ޤައުމެއްގެ ޢިއްޒަތްތެރިން ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވާނެ

އިންތިޚާބީ ރައީސްއާއި އިންތިޚާބީ ނާއިބު ރައީސް މަޤާމުގެ ހުވާކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ...