މީދޫ ބަނދަރު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި

މީދޫ ބަނދަރު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މީދޫ ބަނދަރު ސަރަހައްދުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރަށްޔިތުންގެ މަޖިލިހުގެ އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއެވެ.

މިރަސްމިއްޔާތުގައި އެމްޓީސީސީ ސީއީއޯ ހުސެން ޝާހުގެ އިތުރަށް އެމްޓީސީސީގެ ބައެއް އިސްވެރީންނާއި މީދޫގައިހުރި ސަރުކާރުގެ މުވައްސަސާތަކުގެ ވެރީންގެ އިތުރަށް މީދޫގެ ގިނައަދަދެއްގެ ރަށްޔިތުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ހުސެން ޝާހުވިދާޅުވީ މީދޫދާއިރާގެ މެމްބަރު ރޮޒެއިނާގެ އެއްބާރުލުމާއެކީ ދާއިރާގެ ރަށްޔިތުން ބޭނުންވާގޮތައް ފެންވަރު ރަގަޅު ފުރިހަމަ ބަނދަރެއް އެމްޓީސީސީގެ ފަރާތުން ހައްދަވައި ދެއްވާނެކަމަށެވެ.

މީދޫގެ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ޑިޒައިންކޮށް ޢަމަލީ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ މިއަހަރުގެ ޖޫން 23 ވަނަ ދުވަހުއެވެ. އެއް އަހަރު ދުވަހުން ނިންމުމަށް މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ 35.43 މިލިއަން ރުފިޔާއަށެވެ.

އެމްޓީސީސީ އިން ބުނީ މީދޫ ބަނދަރު ހަދަނީ 2،480 މީޓަރުގެ ޕޭވްމެންޓަކާއެކު 115 މީޓަރުގެ ބްރޭކްވޯޓާއެއް ހިމަނައިގެން ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ފަޅުން 57،996 ކިޔުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރަޔަންގެ ހުނަރާއެކު އަމީގޯސް އެ ޓީމުގެ ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި

ޔޫތުޗެލެންޖް ކަޕް 2020 ގައި  އަމީގޯސް ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް ސެމީގެ ފުރުސަތު ބޮޑުކޮށްފި އެވެ. ބުދަ ...

ހުޅުދޫން ކޮވިޑް 19 އަށް މީހަކު ޕޮޒިޓިވްވެއްޖެ

ހުޅުދޫން ކޮވިޑް 19 އަށް މީހަކު ޕޮޒިޓިވް ވެއްޖެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ހުޅުދުން ޕޮޒިޓިވްވެފައިވަނީ ހުޅުދޫގައި މަސައްކަތް ކުރަމުން ...

ކޯވިޑް-19 : މާލެ ފުރަބަންދަށް އަނެއްކާވެސް 24 ގަޑިއިރު އިތުރުކޮށްފި

މާލެސިޓީ ސަރަޙައްދު، ކުރިއަށް އޮތް 24 ގަޑިއިރުވެސް ފުރަބަންދުގައި ބާއްވަން ނިންމަވައިފިއެވެ. މާލޭގައި ދިރިއުޅޭ ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވް ...