ހުޅުދޫން ކޮވިޑް 19 އަށް މީހަކު ޕޮޒިޓިވްވެއްޖެ

ހުޅުދޫން ކޮވިޑް 19 އަށް މީހަކު ޕޮޒިޓިވް ވެއްޖެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ހުޅުދުން ޕޮޒިޓިވްވެފައިވަނީ ހުޅުދޫގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީއެކެވެ.

މިމީހާ ކޮވިޑް 19 އަށް ޕޮޒިޓިވްވިކަން އެގުނީ މިމީހާ ބަލިވެގެން ސިއްހީމަރުކަޒަށް ދެއްކުމުން މަރުކަޒުން މިމީހާގެ ސާމްޕަލް ނެގުމަށްފަހު ޓެސްޓްކުރުވުމުންނެވެ.

ހުޅުދޫގައި ދިރިއުޅެމުންއަންނަ މިމީހާއަކީ ހުޅުދޫ މީހުން ދިރިއުޅޭ ގައެއްގައި އުޅޭ މީހަކަށްވެފައި މިމީހާއަކީ ރަށުތެރޭގެ އެކިތަންތަނުގައި މަސައްކަތްކުރަމުންދާމީހެއްކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އެހެންކަމުން މިމީހާ ގިނަ ފަރާތްތަކަކާ ކޮންޓެކްޓް ވެފައިވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ހުޅުދުން މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގައި އިއްޔެ ހަވީރު ހަޔެއްގެ ނިޔަލަށް ކޮވިޑްގެ އެކްޓިވް ކޭސްގެ ގޮތުގައި 155 މީހުން އެބަތިއެވެ.

މީގެ ތެރޭގައި ހިމެނީ މަރަދޫ 85 މީހުން ،  މަރަދޫ ފޭދު 39 މީހުން ހިތަދުން  17 މީހުން އަދި ފޭދުން 14 މީހުންނެވެ.

 23 އޯގަސްޓް 2021 ވަނަ ދުވަހު އައްޑޫސިޓީން ކޮވިޑަށް ޓެސްޓް ހެދުމަށް ނެގުނު 169 ސާމްޕަލްތަލުގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 11 މީހެކެވެ.

އެއީ މަރަދުން ޕޮޒިޓިވްވި 5 މީހަކާ ހިތަދުން ޕޮޒިޓިވްވި 6 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ ކުރީން ޕޮޒިޓިވްވި މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވެގެން ޕޮޒިޓިވްވި 9 މީހަކާ ހޯމްކަރަންޓްތީނުގައި ހުރި މީހެއްގެ އިތުރަށް ފްލޫކުލިނިކަށް ދެއްކި މީހުންގެ ތެރެއިން ޕޮޒިޓިވްވި މީހެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސަރުކާރާއި އެމްޑީޕީގެ ވާދަވެރިން ދައްކާ ފިތުނަވެރި ވާހަކަތައް ހުއްޓަންޖެހޭ: ރައީސް ނަޝީދު

އިންޑިއާ އާއި ގުޅޭގޮތުން ދައްކާ ފިތުނަވެރި، އަދި ބޭއަދަބީ ވާހަކަތައް ހުއްޓަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ...

ކޮކާ ކޯލާ ކުންފުނި ކްލަސްޓާ އަދި ކޯވިޑް ވިލެޖް ކްލަސްޓާ : އެންމެ ބޮޑު ދެ ކްލަސްޓާ

އިއްޔެއަކީ މިދިޔަ މަހުގެ 15ގައި މާލެއިން ކޯވިޑް-19 ފެނުނު ފަހުން މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ...

އދ ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ދިވެހިރާއްޖެއަށް ކާމިޔާބު ކުރެވިދާނެ: ޝައިނީ

އދ ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ދިވެހިރާއްޖެއިން ކާމިޔާބު ކުރެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ...