ހީނާ އެކެޑެމީގެ ޓީމަކާ ހުޅުމީދޫ އީޓީއެފްގެ ޓީމަކާ ދެމެދު ކުޅެވޭ އެކުވެރިކަމުގެ ފުޓްބޯޅަމެޗް ހުކުރުދުވަހު ހަވީރު

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ ކުރީގެ ކޯޗު އަހުމަދު ސަލީމް (ހީނާ އަހުމަދު ސަލީމު ) ގެ “ހީނާ ފުޓްބޯޅަ އެކެޑެމީ” ގެ 16 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމެވެ . މިޓީމްވަނީ  ބުރާސްފަތި ދުވަހުގެރޭ ދަންވަރު 2:30 ހާއިރު މީދުއަށް އައިސްފައެވެ . މިޓީމާއި މިޓީމްގެ އޮފިޝަލުން މީދުއަށް   އައުމުން ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

ހީނާ ފުޓްބޯޅަ އެކެޑެމީގެ 16 އަހަރުން ދަށުގެ ޓީމް މީދުއަށް އައިސްފައި މިވަނީ މީދޫގައި ހިންގާ ” އީޓީއެފްއޭ ހުޅުމީދޫ އެކެޑެމީ ” ގެ އަހަރީ ދުވަސް ފާހަގަކުރުމުގެގޮތުން ހުކުރު ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވޭ ޚާއްސަ ފުޓްބޯޅަ މެޗްގައި އީޓީއެފްއޭ ހުޅުމީދޫ އެކެޑެމީގެ ޓީމާއި ބައްދަލުކޮށް ކުޅޭމެޗްގައި ބައިވެރިވުމަށެވެ.

މިމެޗްގެ ކުޅުން އޮންނާނީ ހުކުރުދުވަހުގެ ހަވީރު 4:00 ގައި މީދޫ ފުޓްބޯޅަ ދަނޑުގައެވެ.

މިމެޗް އިންތިޒާމް ކުރާފަރާތުން އެދިލައްވަނީ މިމެޗްގެ ކުޅުން ބެއްލެވުމަށާ މިމެޗްގައި ކުޅޭ ދެޓީމްގެ ކުޅުންތެރީންނަށް ސަޕޯޓްކުރެއްވުމަށް ވީހާގިނަބަޔަކު މީދޫ ފުޓްބޯޅަ ދަނޑަށް ހުކުރުދަވަހު ހަވީރު ވަޑައިގެންދެއްވުމެވެ

ރޭ ދަންވަރު މީދުއަށް އައިސްފައިވާ “ހީނާ ފުޓްބޯޅަ އެކެޑެމީ” ގެ 16 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމާއެކު ރާއްޖޭގެ ގައުމީޓީމްގެ ކުރީގެ ކެޕްޓަން އިމްރާނުވެސް މީދުއަށް ވަޑައިގެންފައިވެއެވެ. އިމްރާންވެސް މީދުއަށްވަޑައިގެންފައިވަނީ ހުކުރުދުވަހު ހަވީރު ކުޅެވޭ ފުޓްބޯޅަމެޗްގައި ޚާއްސަ މެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވުމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މައިލޯސިޓީން ލޮތާރި ޖޫނިއާސް ކޮޅަށް 12 ލަނޑުޖަހައިގެން ފައިނަލަށް ދަތުރުކޮށްފި

“މިނިވަން ކަޕް ޔޫތު ޗެލެންޖް 2022”  ގެ ސެމީ ފައިނަލުގެ ދެވަނަ މެޗްގައި ހިތަދޫ މައިލޯ ސިޓީން މީދޫ ...

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ފުޓްބޯޅަ މުބާރާތް: މައިލޯ ސިޓީ ޗެމްޕިއަންކަން ހޯދައިފި

ހުޅުދޫ ޒުވާނުންނާއި ހުވަގު ޖަމްއިއްޔާ ގުޅިގެން ހުޅުދޫގައި  ބޭއްވި ” ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ” ފުޓްބޯޅަ ...

ގައުމު ސްޓްރީޓް ކަޕް – މިރޭ ވަރުގަދަ މެޗްތަކެއް –

މީދޫގައި މިހާރު ކުރިއަށްދާ ގައުމު ސްޓްރީޓް ކަޕް  މުބާރާތުގައި މިރޭ ވަރުގަދަމެޗްތަކެއް ކުޅެވޭނެއެވެ. މިގޮތުން ކުޅެވޭ އެންމެ ވަރުގަދަ ...