ގައުމު ސްޓްރީޓް ކަޕް – މިރޭ ވަރުގަދަ މެޗްތަކެއް –

މީދޫގައި މިހާރު ކުރިއަށްދާ ގައުމު ސްޓްރީޓް ކަޕް  މުބާރާތުގައި މިރޭ ވަރުގަދަމެޗްތަކެއް ކުޅެވޭނެއެވެ.

މިގޮތުން ކުޅެވޭ އެންމެ ވަރުގަދަ އެއްމެޗަކީ ގްރޫޕް ޑީގައި ހމެނޭ  ފޭދޫ ހަބޭސްއާއި ހުޅުދޫ އެފްސީ މަންތަރަ ބައްދަލުކުރާެމެޗެވެ.

އައްޑުތޮޅުގެ މަޝްހޫރު ފުޓްސަލްއާއި ސްޓްރީޓް ފުޓްބޯޅައިގެ މަޝްހޫރު މޫނުތައް މިމެޗުން ފެނިގެންދާނެއެވެ.

މިރޭ 9:30 ގައި ކުޅެވޭ މިމެޗްގައި ބައްދަލުކުރާ ހަބޭސް މިމުބާރާތުގައި ކުރީން ކުޅުނު މެޗްގައި ފޭދޫ ކްރައުސްއާއި ބައްދަލުކޮށް 1 ލަނޑު 1 ލަނޑުން އެއްވަރުވެގެން ނިމުނުކަމުގައިވިޔަސް އެމެޗްގައިވެސް ހަބޭސްގެ ކުޅުންތެރީންގެ ފަރާތުން ތަފާތު މޮޅުކުޅުމެއް ފެނިގެންގޮސްފައިވެއެވެ.

މިމެޗްގައި ދެންވާދަކުރާ އެފްސީ މަންތަރައަށް ބަލާއިރު އެޓީމުގައި ހިމެނޭ ކުޅުންތެރީންނަކީވެސް މިމުބާރާތުގައި މިހާތަނަށް ކުޅުނު މެޗްތަކުން ފެނުނު ކުޅުންތެރީންގެ ތެރެއިން އެންމެ މޮޅު އެންމެ ހުނަރުވެ އަދި ފިޒިކަލީގޮތުން އެންމެ ވަރުގަދަ ކުޅުންތެރީން ހިމެނޭ އެއްޓީމެވެ.

މަންތަރަ މިމުބާރާތުގައި ކުޅުނު ފުރަތަމަމެޗްގައި ހިތަދޫ ޒެފިޔާއާއި ބައްދަލުކޮށް ކުޅުނުމެޗް ނިމިގެންގޮސްފައިވަނީ 2 ލަނޑު 2 ލަނޑުން އެއްވަރުވެގެންނެވެ.

 އެފްސީ އުސްގަޑަ އަދި ގަބުރު އެފްސީ

މިރޭ 10:30 ގައި ކުޅެވޭ ގްރޫޕް ބީގެ މިމެޗްގައި ބައްދަލުކުރާ މަރަދޫ ގަބުރު އެފްސީއަށް ބަލާއިރު އެޓީމަކީ މިމުބާރާތުގައި މިހާތަނަށް އެންމެ ރީތި އަދި އެންމެ އަވަސް ކުޅުމެއް ކުޅުނު ހުނަރުވެރި ކުޅުންތެރީންތަކެއް ހިމެނިފައިވާ ޓީމްގެ ގޮތުގައި ފާހަގަކުރެވިފައިވާ ޓީމެވެ.

މިގޮތުން އެޓީމު މިމުބާރާތުގައި ފުރަތަމަ ކުޅުނުމެޗް ނޮރިންމަ އެފްސީއާއި ދެކޮޅަށް ކުޅެ ފަސޭހަކަމާއެކު 3 ލަނޑު 0 ލަނޑުންވަނީ ކާމިޔާބުކޮށްފައެވެ.

މިމެޗްގައި ވާދަކުރާ ހިތަދޫ އެފްސީ އުސްގަޑަޓީމަކީވެސް ފާހަގަކޮށްލެވޭ ހުނަރުވެރި މޮޅު ތަޖުރިބާކާރު  ކުޅުންތެރީން ހިމެނޭޓީމެކެވެ. މިޓީމް މިމުބާރާތުގައި ކުޅުނު ފުރަތަމަމެޗްގައި ފޭދޫ ކަޅަބެންޗާއާއި ބައްދަލުކުރި މެޗުން 2 ލަނޑު 1 ލަނޑުން ވަނީ ކާމިޔާބުކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އަތުލައިގެންފި

މާލެ އާއި އިނގުރައިދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އަތުލައިގެންފިއެވެ. ޑްރަގް އެންފޯރސް ޑިޕާޓްމެންޓު އެކްޓިންގ ...

މިއަދު މީދޫގައި ހުކުރު ކުރާ މިސްކިތްތަކާއި އެމިސްކިތްތަކުގައި އިމާމްވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 03 އެޕްރީލް 2020 ވަނަ ދުވަހު )  މީދޫގައި ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި ...

ކޮވިޑް19: ތިނަދޫގެ މިސްކިތެއްގައި މިއަދު ހުކުރު ނުކުރާނެ- ތިނަދޫ ކައުންސިލް

ގދ.ތިނަދޫގެ މުދިމުންތަކެއް ކޮވިޑް-19 އާއި ގުޅިގެން އެކަހެރި ކުރަން ޖެހުމުން އެރަށުގެ މިސްކިތެއްގައި މިއަދު  ހުކުރު ނަމާދު ނުކުރަން ...