ޝަމްސުއްދީން ސްކޫލްޓީމު ކުޅުނު ފުރަތަމަމެޗް އެއްވަރުވެއްޖެ

މަމެން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މީދޫ ޝަމްސުއްދީން ސްކޫލްގެ 12 އަހަރުން ދަށުގެ ޓީމް ކުޅުނު ފުރަތަމަމެޗް އެއްވަރުވެގެން ނިމިއްޖެވެ.

މިމަހުގެ 14 ވަނަ ދުވަހު ހަވީރު ހިތަދޫ ޒޯން ސްޓޭޑިއަމްގައި ހިތަދޫ ޝަރަފުއްދީން ސްކޫލްގެ 12 އަހަރުން ދަށުގެޓީމާ ވާދަކޮށް ޝަމްސުއްދީން ސްކޫލްގެ ޓީމު ކުޅުނު މިމެޗް އެއްވަރުވެފައިވަނީ 3 ލަނޑު 3 ލަނޑުންނެވެ.

މިމެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ޝަރަފުއްދީން ސްކޫލެވެ. މިލަނޑު 8 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އާލިފު ފާރިހު ޖަމާލެވެ.

ޝަމްސުއްދީން ސްކޫލްޓީމުން ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ 14 ވަނަ މިނިޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ޒާލިމެވެ.

ޝަރަފުއްދީން ސްކޫލް

އެހެންނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރީން ޝަރަފުއްދީން ސްކޫލުންވަނީ އިތުރު 2 ލަނޑު ޖަހާ މެޗްގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފައެވެ. ޝަރަފުއްދީން ސްކޫލްގެ 2 ވަނަ ލަނޑު 18 ވަނަ މިނިޓްގައި މުހައްމަދު ނަވީ އަޒުވަރު ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ 3 ވަނަ ލަނޑު 21 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަލީ ފާރިހު ޖަމާލެވެ.

މިމެޗްގެ ދެވަނަ ހާފްގެ ކުޅުން ޝަމްސުއްދީން ސްކޫލުން ފަށާފައިވަނީ އެޓީމުގެ ކުޅުން ވަރަށްބޮޑުތަން ރަގަޅުކޮށްގެންނެވެ. މިގޮތުން އެޓީމުން ވަނީ ދެވަނަ ހާފް ނިމުމުގެ ކުރީން 2 ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ 3-3 އަށް ބަދަލުކޮށްފައެވެ.

ޝަމްސުއްދީން ސްކޫލު ޓީމުން މިމެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު މެޗްގެ 29 ވަނަ މިނިޓްގައި ހަސަން ޒާމިލު ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ 3 ވަނަ ލަނޑު 30 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަހުމަދު ޒީޝާންއެވެ.

މިމެޗް 3-3 ން އެއްވަރުވެގެން ނިމުނުކަމުގައި ވިޔަސް ޝަމްސުއްދީން ސްކޫލްޓީމުގެ ކުޅުންތެރީންނަށް މިމެޗްގެ ފަހުހާފްގައި ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭނުން ކުރެވިގެން ގޮސްފައިވާންތަން ފެނިގެން ގޮސްފައިވެއެވެ.

އަދި މީގެ އިތުރަށް މިމެޗްގައި ޝަމްސުއްދީން ސްކޫލްގެ ހަސަން ޒާމިލުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫ ކްލަބް ލޮތާރި އާއި  މައިލޯ ސިޓީ އެފްސީ ބައްދަލުކުރި އެކުވެރިކަމުގެ މެޗް މައިލޯސިޓީއެފްސީ   ކާމިޔާބުކޮށްފި

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2022 ”  ނަމުގައި މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން ހިތަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ ...

ގަންބުރި ކަޕްގެ ޗެމްޕިއަންކަން ކެނެލާ ހޯދައިފި

މީދޫގައި ބޭއްވި ގަންބުރި ކަޕް  ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ” ކެނެލާ ” ހޯދައިފި އެވެ. ކެނެލާ މިމުބާރާތުގެ ...

ދިރާގާއި މީޑިއާނެޓުން ވޯލްޑްކަޕް ދައްކާނެ

ރަޝިއާގައި މިއަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ މި ސަރަހައްދުގެ އޮފިޝަލް ބްރޯޑްކާސްޓަރަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ...