މީދޫ ކްލަބް ލޮތާރި އާއި  މައިލޯ ސިޓީ އެފްސީ ބައްދަލުކުރި އެކުވެރިކަމުގެ މެޗް މައިލޯސިޓީއެފްސީ   ކާމިޔާބުކޮށްފި

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2022 ”  ނަމުގައި މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން ހިތަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މުބާރާތުގައި މީދުން ބައިވެރިވި ކްލަބް ލޮތާރީގެ ޓީމް މިމުބާރާތައް ތައްޔާރު ވުމަށްޓަކައި ހުކުރު ދުވަހު ކުޅުނު އެކުވެރިކަމުގެ މެޗުން ލޮތާރި ޓީމް ބަލިވެއްޖެވެ.

ހުކުރު ދުވަހުގެ ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މިމެޗްގައި ހިތަދޫ މައިލޯސިޓީ އެފްސީއާއި ބައްދަލުކޮށް ލޮތާރި ޓީމް ބަލިވެފައިވަނީ 5 ލަނޑު 2 ލަނޑުންނެވެ.  

މިމެޗްގެ ފުރަތަމަ ހާފް ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ޖެހިފައިނުވެއެވެ. މިމެޗްގައި ދެޓީމުންވެސް ކާމިޔާބުކޮށްފައިވާ ލަނޑުތައް ކާމިޔާބުކޮށްފައިވަނީ ފަހުހާފްގައެވެ.

ލޮތާރި ޓީމް މިމެޗުން ބަލިވިކަމުގައިވިޔަސް މިމެޗްގައި ރަނގަޅު ކުޅުމެއް  ލޮތާރި ޓީމްގެ ފަރާތުން ފެނިގެން ގޮސްފައިވެއެވެ.

މިމުބާރާތައް ތައްޔާރު ވުމުގެ ގޮތުން މީގެ ކުރީންވެސް ލޮތާރި ޓީމުން ވަނީ އެކުވެރިކަމުގެ  ދެމެޗެއް ކުޅެފައެވެ. އޭގެ ތެރެއިން މަރަދޫޓީމާ ބައްދަލުކޮށް ކުޅުނުމެޗް 4 ލަނޑު 3 ލަނޑުންލޮތާރި ޓީމް ކާމިޔާބުކޮށްފައިވާއިރު ހިތަދޫ ޒެފިޔާއާއި ބައްދަލުކުރިމެޗްވެސް 3 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ލޮތާރި ޓީމެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖުނާ ވަންޑޭ ކަޕް 2021: ފަތަގުމާގޭ އާއިލާގެ މެމްބަރުން ހިމެނޭ ބްރަދާސް ޔުނައިޓެޑް ޗެމްޕިއަންކަން ހޯދައިފި

ޖުނާ ވަންޑޭ ކަޕް ގެނަމުގައި ކްލަބު ލޮތަރިން ބޭއްވި ސްޓްރީޓްކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހަމައެކަނި މީދޫ ފަތަގުމާގޭ ...

ޓީމް ލިޓަސް ޓީމް ގަރާޖު އަތުނެވެސް ބަލިވެއްޖެ

ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ޓީމް ލިޓަސްއާއި ޓީމް ގަރާޖް ބައްދަލުކުރިމެޗުންވެސް ޓީމް ލިޓަސް ބަލިވެއްޖެވެ. ވާދަވެރި ކުޅުމެއް ...

ކޭންގެ ޕެނަލްޓީ ނާކާމިޔާބުވެ އިންގްލެންޑް ކަޓައިފި- ޗެމްޕިއަން ފްރާންސް ސެމީއަށް

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އިންގްލެންޑް އަތުން 2-1 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ...