މީދޫ ދާއިރާގެ ގޮނޑި ރޮޒައިނާ ދިފާއުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި އައްޑޫ މީދޫ ދާއިރާގެ ގޮނޑި މީދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރެއްވި ރޮޒައިނާ އާދަމް އަނެއްކާވެސް ކާމިޔާބު ކުރައްވައިފިއެވެ.

ރޮޒައިނާ މި ގޮނޑި ކާމިޔާބު ކުރެއްވީ މީދޫ ދާއިރާއަށް ވާދަކުރެއްވި ދެ ކެންޑިޑޭޓުންނާ ވާދަކުރައްވައިގެންނެވެ.

ރޮޒެއިނާއަށް 1292 ވޯޓް ލިބިފައިވާއިރު ރޮޒެއިނާއާއި އެންމެ ބޮޑަށް ވާދަކުރެއްވި އަބްދުއްރަހުމާނަށް ލިބިލެއްވީ 1154 ވޯޓެވެ. އަދި މިދާއިރާއަށް ދެން ވާދަކުރެއްވި ފަރުހާދަށް ލިބިލެއްވީ 84 ވޯޓެވެ.

ރޮޒެއިނާއަށް މީދޫ ދާއިރާގެ ގޮޑި ކާމިޔާބުކުރެވިފައިވަނީ އެކަމަނާއާއި އެންމެ ބޮޑަށް ވާދަކުރެއްވި އަބްދުއްރަހުމާނަށްވުރެ 170 ވޯޓް އިތުރަށް ހޯއްދަވައިގެންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ރަސްރަނި ނެޓްބޯޅަ ޗެލެންޖް – މިފްކޯ ކަޓުވާލުމަށްފަހު ހުޅުދޫ ޔޫތު ފައިނަލަށް  

އައްޑޫ ރަސްރަނި ނެޓްބޯޅަ މުބާރާތުގައި ސެމީފައިނަލްގެ ދެވަނަމެޗް ކާމިޔާބުކޮށް ހުޅުދޫ ޔޫތު ފައިނަލަށް ދަތުރުކޮށްފިއެވެ. ހުޅުދޫ ޔޫތު މިމުބާރާތުގެ ...

ޒުވާނުންނަށް ރާއްޖޭގައި ނޫޅެވޭ ދަރަޖައަށް ކަންތައްތައް ހިނގައްޖެ : ނަޝީދު

ޒުވާނުންނަށް ރާއްޖޭގައި ނޫޅެވޭ ދަރަޖައަށް ކަންތައްތައް ހިނގައްޖެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ. ނަޝީދު މިހެން ވިދާޅުވީ މިމަހުގެ 9 ވަނަ ދުވަހު  އޯޑިއޯ ...

ކުއްޖާ މަރުވީ ވިހެއުމުގެ ތެރޭގައި ކޮނޑު ތާށިވެގެން: އޭއީއެޗް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވީ ކޮނޑު ތާށިވުމުގެ ސަބަބުން ކަމަށް އެ ހޮސްޕިޓަލުން ބުނެފި ...