އައްޑޫގައި ފްލައިން ސްކޫލް ހިންގާނެ ޖޮއިންޓް ވެންޗާ އެއް އުފައްދަން އެއްބަސްވެއްޖެ

އައްޑޫގައި ފްލައިން ސްކޫލެއް ހިންގަޖް ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފައްދަން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއެކު އައިލެންޑު އޭވިއޭޝަނުން ސޮއިކޮށްފިއެވެ.

އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއި ކުރެއްވީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަަދު ޝަރީފެވެ.

މި އެއްބަސްވުމުގެ ދަށުން އުފައްދާ ޖޮއިންޓްވެންޗާއަކީ ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ ދަށުން ފްލައިންސްކޫލު އުފައްދައި ހިންގާނީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މިހާދު ވިދާޅުވީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ކިޔެވުން ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން، އާއްމުކޮށް ހުޅުވާލައިގެން ފަށާ ފުރަތަމަ ބެޗުން 30 ދަރިވަރުންނަށް ޖާގަ ދޭއިރު، އެންމެ ބޮޑު އިސްކަމެއް ދޭނީ އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުން އައި ދަރިވަރުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭއޭއޭ ކުންފުނީގެ ދަށުން ހިންގި އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ނުނިމި ހުއްޓުފައިވާއިރު އެ ދަރިވަރުންނަށް އަންނަ އަހަރު ނިމޭއިރު ކިޔެވުން ފުރިހަމަ ކުރެވޭނެ ކަމަށްވެސް މިހާދު ވިދާޅުވިއެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. ޝަރީފް ވިދާޅުވީ ފްލައިން ސްކޫލު ގާއިމު ކުރި ނަމަވެސް އޭވިއޭޝަން ދާއިރާގެ އެހެން މަސައްކަތްތަކަށް ވަނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި އިންޖީނިއަރިން އާއި ލޭންޑް ސައިޓުގައި ހިމެނޭ ކަންކަން ހިމެނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫގެ އަދަދު މައްޗަށް، އިތުރު 105 މީހަކު ކޮވިޑަށް ފައްސިވެއްޖެ

އައްޑޫސިޓީން އިތުރު 105 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ އައްޑޫން އިތުރު 105 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އައްޑޫން ...

އީޔޫގެ ލަފަޔާ ދެކޮޅަށް ދިވެހިން އަޑު އުފުލަން ޖެހޭ -ޝެއިޚް އިލްޔާސް

ކޮންމެ ދިވެހި ރައްޔިތަކު މުސްލިމަކަށްވާން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި އޮތް އޮތުން ބަދަލުކޮށް،ސުންނީ މުސްލިން ނޫން މީހުނަށް ...

ދިވެހި ރައްޔިތުންނަށް ވާނުވާ ވަރަށް ސާފް – ނިހާދު

ސިވިލްސާވިސްގެ ގާނޫނަށް އިސްލާހުގެނެސް ފާސްކުރީ 2015 ވަނައަހަރުކަމަށާ އަދި އޭރު އެކަންކުރީ ކުއްލިއަކަށް އަވަސް އަރުވާލައިގެން ކަމަށް ފޭދޫދާއިރާގެ ...