އައްޑޫސިޓީން އިތުރު 23 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އައްޑޫސިޓީން އިތުރު 23 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެވެ.

ހޮނިހިރު ދުވަހުގެ  އިރުއޮއްސި ހަޔަކުން އާދީއްތަ  ދުވަހުގެ އިރުއޮއްސި ހަޔަކަށް އައްޑޫސިޓީން ކޮވިޑަށް ޓެސްޓްކުރުމަށް ނެގުނު  ސާމްޕަލްގެ ތެރެއިން 23 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ރެންޑަމް ސާމްޕަލްތަކުން ޕޮޒިޓިވްވި 14 މީހަކާއި ފުލޫ ކުލިނިކަށް ދެއްކި މީހަކާއި ސަވައިލަންސް ސާމްޕަލަކާއި ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ހުރި މީހެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އައްޑޫއިން އިއްޔެ ޕޮޒިޓިވްވި 23 މީހުންގެތެރޭގައި ހިމެނީ ހިތަދުން ޕޮޒިޓިވްވި ދެމީހަކާއި މަރަދުން ޕޮޒިޓިވްވި 4 މީހެއްގެ އިތުރަށް ފޭދުން ޕޮޒިޓިވްވި 17 މީހުންނެވެ.  

އައްޑޫގެ ރަށްރަށުގެ  ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް އަދިވެސް  އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ 97 ކޭސް އުޅޭއިރު، ހިތަދޫގައި 46 ކޭސް، ފޭދޫގައި 49 ކޭސް، މަރަދޫފޭދޫގައި 05 ކޭސް އަދި ހުޅުދޫގައި 2 ކޭސް އަދި މީދޫގައި 5 ކޭސް އުޅޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހިތްވަރު ދިނުމުގެ ގައުމީ އިނާމު އައްޑޫ ސިޓީ ހިތަދޫ ޒީނާޒުއަށް ލިބިވަޑައިގެންފި

މަތީގައިވާ ފޮޓޯއިން ފެނިވަޑައިގަންނަވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހީން ބިނާކުރުމަށާއި އެދާއިރާއަށް ދިވެހީން ޝައުގުވެރިކުރުވުމަށާ އަދި އެދާއިރާއަށް ދިވެހީން އަހުލުވެރި ...

ރޯދައަށް ހަނދު ބަލާއިރު ރައީސް ޔާމީން އޮންނާނީ ޖަލުގައި- ޝިފާޒު

މި އަހަރުގެ ރަމަޟާން މަހަށް ހަނދު ބަލާއިރު، ރައީސް ޔާމީން އަބްދުލްޤައްޔޫމް އޮންނަވާނީ ޖަލުގައި ކަމަށް ވިދާޅުވެ، އެމްޑީޕީގެ ...

ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް ހިތަދޫ މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ ...