ސްކޫލްތައް ބަންދުކުރާނީ ކޭސްތައް އިތުރުވާ މިންވަރަށް ބެލުމަށްފަހު: ޑރ ނަޒްލާ

ސްކޫލުތައް ބަންދު ކުރާނީ އަދިވެސް ކޭސްތައް އިތުރުވާ މިންވަރު ބެލުމަށްފަހު ކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

އިއްޔެ ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ނަޒްލާ ވިދާޅުވީ އަމާޒަކީ ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާ ގޮތަށް ފިޔަވަޅުތައް ބައްޓަންކުރުން ކަމަށެވެ.

ނަމަވެސް މިދިއަ ދެ ދުވަހު ކޭސްތައް ވަރަށް ބޮޑަށް އިތުރުވި ކަން ފާހަގަކުރައްވާ ނަޒްލާ ވިދާޅުވީ ސްކޫލުތައް ބަންދުކުރުމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

މިވަގުތު ވެކްސިން ޕްރޮގްރާމުގެ ދަށުން 90 ޕަސެންޓް ދަރިވަރުން ވަނީ ވެކްސިންވެސް ފުރިހަމަކޮށްފައެވެ. އެގޮތުން ވެކްސިންގެ ދެ ޑޯޒް 32،358 ދަރިވަރުން ފުރިހަމަކޮށްފައި ވެއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫ ކަޅިބިތްފަރާތު ގޮޑުދޮށުން ގިރަމުންދާ ސަރަހައްދުގައި ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ފަށައިފި

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫ ކަޅިބިތްފަރާތު ގޮޑުދޮށުން ގިރަމުންދާ ސަރަހައްދުގައި އެމްޓީސީސީން ޖިއޯ ބޭގް ރިވެޓްމަންޓް ...

ކޮމިޝަނަރ އޮފް ޕޮލިސް ހަމީދު މަޤާމުން ރިޓަޔަރކުރައްވަނީ

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ރިޓަޔާ ކުރެއްވުމަށް ނިންމަވައިފި އެވެ. ހަމީދު މިކަން ހާމަކުރެއްވީ ފުލުހުންގެ އިސްވެރިން ...

ޒުބޭރުގެ މަރާއިބެހޭ މައުލޫމާތުތަކުގެ ޞައްޙަކަންދަނީ ކަށަވަރުކުރަމުން – އެން.ސީ.ޓީ.ސީ

ސީރިޔާގައި ހިންގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ބޯބުރިކޮށްލައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ...