ކުރިއަށް މިއޮތް ފަސް އަހަރަކީ މީދޫދާއިރާގެ ގަދަފަސް އަހަރު – ރޮޒެއިނާ

Advertisement

އަޅުގަޑު މިދާއިރާއަށް ކުރިމަތިލުމުގެ ސަބަބަކީ  އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމެއްގައި އަޅުގަޑަށް މިދާއިރާއަށް ކޮށްދެވޭނެ ކަންތައްތަކެއް ހުރިކަމަށް ގަބޫލްކުރެވޭތީ ކަމަށް އައްޑޫ މީދޫދާއިރާގެ މެމްބަރު ރޮޒެއިނާ އާދްމް ވިދާޅުވެއްޖެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ މިއަދު ޕީއެސްއެމުން ކުރިއަށް ގެންދިޔަ މީދޫދާއިރާގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ،

” ކުރިއަށްއޮތް 5 އަހަރަކީ މީދޫއާއި މަރަދޫފޭދޫގެ ގަދަ 5 އަހަރަށް ހެދުމަށް  އެޖެންޑާ19 ގެ ތެރެއިން އަޅުގަޑުމެން ވަޒީފާގެ ފުރުސަތުތައް އެބަހުޅުވާލަން ، މިނިވަން ވޭޖެއް އެބަކަނޑައަޅަން . އަޅުގަޑުމެން އައްޑޫސިޓީ ތަރައްގީކޮށް ، އައްޑޫގެ އެއަރޕޯޓް ތަރައްގީކޮށް ގެސްޓްހައުސް ވިޔަފާރިތައް ތަރައްގީކޮށް ރަށުން ބޭރުގައި މިހާރުވެސް ދިރިއުޅެމުން އަންނަ މީހުން އަބުރާ ރަށަށް ގެނެސް މީދޫ ދާއިރާއަކީވެސް ރަށްޔިތުންނަށް އުފާފާގަތިކަމާއެކީގައި އުޅެވޭނެ ތަނަކަށް ހަދާ ދިނުމަށްޓަކައި އެޖެންޑާ 19 ގެ ތެރެއިން މަސައްކަތްކުރާނަން ” ރޮޒެއިނާ ވިދާޅުވިއެވެ.

ފޮޓޯ ޕީއެސްއެމް

އެމްޑީޕީގެ ކުރީގެ ވެރިކަމުގައިވެސް އައްޑޫސިޓީއަށް ޚާއްސަ ސަމާލުކަމެއްދީގެން އައްޑޫތަރައްގީކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއްކޮށްފައިވާ ޕާޓީއަކީ  އެމްޑީޕީކަމަށް ވިދާޅުވެ ވާހަކަފުޅުދައްކަވަމުން ރޮޒެއިނާ ވިދާޅުވީ އައްޑޫސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތާއި   އައްޑޫގެ މަގުތައް ރަގަޅުފެންވަރަކަށް ހެދުމުގެ މަސައްކަތުގެ އިތުރަށް   އައްޑޫގައި ބޮޑު ކޮންވެންޝަންސެޓަރެއް ހަދާ އައްޑޫތަރައްގީކުރުމުގެ ވިސްނުމަކާއެކީގައި ނިކުތީވެސް އެމްޑީޕީކަމަށެވެ.

” އަޅުގަޑުމެން މިނިކުންނަނީ އަނެއްކާވެސް ހަމަ އެތަސައްވަރާއެކީ، އައްޑޫސިޓީ ތަރައްގީކުރުމަށް އެކަމަށް ބޭނުންވާ ބެޖެޓް އަޅުގަޑުމެން މިހާރުވަނީ ހޯދާފައި . އެޖެންޑާ19 އަކީ އަޅުގަޑުމެން މިކަންކަންކުރުމަށްޓަކައި ގާނޫނީ އޮނިގަޑު އެކުލަވާލުމަށް ހަދާފައިވާ އެޖެންޑާއެއް. އެހެންވީމާ އަޅުގަޑުމެން މިނިކުންނަނީ އެއްވެސްގޮތަކަށް ފޮނި ބާސާތަކެއް ކަނޑާކަށްނޫން . ޕްލޭންކުރެވިގެން ބަޖެޓް ކަނޑައެޅިގެން މިމަސައްކަތްކުރުމަށް ބޭނުންވާ ހުރިހާ ކަންތައްތަކާއެކީގައި ތައްޔާރުވެގެން ” ރޮޒެއިނާ ވިދާޅުވިއެވެ.

ފޮޓޯ ޕީއެސްއެމް

ޔޫއެންގެ ސާވޭތަކުން ދައްކާގޮތުންނާއި މިދާއިރާގެ މީހުން ބޭނުންވާ ކަންތައްތަކަށް ބަލާއިރު ފެނިގެންމިދަނީ ޑްރަގްގެ ވަބާގައިޖެހިފައިވާ ޒުވާން ޖީލެއް އެއްކޮށް ހަލާކުވެގެންދާ މަންޒަރުކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ  އެޖެންޑާ19 ގެ ތެރެއިން އެކުދީންނަށް އިތުރު ފުރުސަތުތައް ހޯދާދީ އެކުދީންގެ މުސްތަގުބަލް އުޖާލާކުރުމަށްޓަކައި އެޖެންޑާ 19 ގެތެރެއިން މަސައްކަތް ކުރެވޭނެކަމަށެވެ. އަދި މީގެ އިތުރަށް މިއަހަރުގެ ބަޖެޓްގެ ތެރޭގައި މީދޫއާއި މަރަދޫފޭދޫއަށް ބޭނުންވާ ގިނަކަންތައްތައް ހާސިލްކުރެވޭގޮތައް ބަޖެޓް ކަނޑައެޅިފައިވާކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫސިޓީއަށް އަދިވެސް މޫސުން ގޯސް، ވައިޓް އެލާޓް ނެރެފި

މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށް  މޫސުން ގޯސްވުމުގެ ސަބަބުން ވައިޓް އެލާޓް ...

ފެނުގެ އަގާއި ކަރަންޓުގެ އަގު ރެކޯޑް މިންވަރަކަށް ހެޔޮކޮށްދޭނަން- ރައީސް ޔާމީން

ވެރިކަމުގެ ދެންއަންނަ ދައުރެއްގައި ޤައުމީ ފެންކުންފުނީގެ މެޖޯރިޓީ ޙިއްސާ ސަރުކާރުންގަނެ، ފެނުގެ އަގު ހެޔޮކޮށް، ރާއްޖޭގެ ކަރަންޓުގެ އަގު ...

ނަން މަޝްހޫރު ހޮސްޕިޓަލިޓީ ސްކޫލެއްގެ ކެމްޕަހެއް ރާއްޖޭގައި ގާއިމްކޮށްދޭނަން: ރައީސް

ދުނިޔޭގެ ނަން މަޝްހޫރު ހޮސްޕިޓާލިޓީ ސްކޫލެއްގެ ކެމްޕަހެއް އަޅުއްވައިދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހިމް ...