ފެނަކައިގެ އަހަރީ ދުވަހާއި ގުޅިގެން ބާރަށު ބްރާންޗުގައި ގިނަ ހަރަކާތްތަކެއް

advertisement

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ 9 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހއ.ބާރަށު ފެނަކަ ބްރާންޗުން އިސްނަގައިގެން އެ ރަށުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑަކީ، މާލެ ސަރަހައްދު ފިޔަވާ ރާއްޖޭގައި މީހުން ދިރިއުޅޭ އާބާދީއަށް ކަރަންޓާއި ފެނާއި އަދި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް އުފައްދައިފައިވާ ސަރުކާރުގެ ޔޫޓިލިޓީ ކުންފުންޏެކެވެ.

ފެނަކަ ކޯޕަރޭޝަން އުފައްދާފައި ވަނީ 2012 ވަނަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހުއެވެ.

ފެނަކައިގެ ނުވަވަނަ އަހަރީ ދުވަހަކީ 18 ޖޫން 2021 ވީ ހުކުރު ދުވަހެއެވެ. ނުވަވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފެނަކަ ބާރަށު ބްރާންޗުން ދިދަ ނެގުމުގެ ހާއްސަ ހަރަކާތެއް އެ ދުވަހު ހެނދުނު ވަނީ ބާއްވާފައެވެ. މީގެ އިތުރުން ބާރަށުގެ ދުވަސްވީ މީހުންނަށް އެ ބްރާންޗުން އިސްނަގައިގެން ގިފްޓްޕެކް ވަނީ ބަހާފައެވެ.

ބާރަށު ފެނަކައިން އިސްނަގައިގެން އެ ރަށުގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން ބާރަށު ގޮނޑުދޮށް ސާފު ކުރުމުގެ ޕްރޮގްރާމެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާރަށު ކައުންސިލް އިދާރާގެ ސްޓާފުންނާއި ބާރަށު ފެނަކައިގެ ސްޓާފުންގެ މެދުގައި އެކުވެރި ކަމުގެ ވޮލީ މެޗެއް ވެސް ވަނީ ކުޅެފައެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް މިހާރު ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދެމުންދަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުންނެވެ.

މަސްދަރު: ތިލަދުން

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މާލެއާއި އަތޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހި ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މާލެއާއި އަތޮޅުތަކުގައި، ޤާއިމްކޮށްފައި ހުރި ފުލުހުންގެ މަރުކަޒުތަކުގައި ދިދަ ...

އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބިންހެލުމެއްގެ އަސަރު ރާއްޖެއަށް ކޮށްފި

އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބިންހެލުމެއްގެ އަސަރު ރާއްޖެއަށް ކޮށްފިއެވެ. އިންޑޮނޭޝިއާގެ ސުމަޓްރާ ސަރަހައްދަށް މާލެއާއި 2854 ކިލޯމީޓަރު ދުރުމިނުން ...

އެކުވެރިކަމުގެ ވޮލީމެޗް މީދޫޓީމް ކާމިޔާބު ކޮށްފި

އަޟްހާއީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މީދޫ ވޮލީޓީމަކާ ހުޅުދޫ ވޮލީޓީމަކާ ދެމެދު ކުޅެވުނު އެކުވެރިކަމުގެ ވޮލީމެޗް މީދޫޓީމް ކާމިޔާބުކޮށްފި ...