ރޮޒޭ މަޖިހުގައި އިންނަންޖެހޭ – ރައީސް ސޯލިހު

Advertisement

ރޮޒޭއަކީ އަޅުގަޑުމެންގެ ވައުތުތަކަށް ފުރިހަމައަށް ތާއީދުކޮށްގެން ހުންނެވި އެކަން ގަބޫލްކުރާ ބޭފުޅެއްކަމަށާ  އަޅުގަޑުމެންގެ މެނިފެސްޓޯ ތަންފީޒުކުރުމާއި އެޖެންޑާ19 ތަންފީޒުކުރުމަށްޓަކައި ރަށްޔިތުންގެ މަޖިލިހުގައި ރޮޒޭ އިންނަން ޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެވެ.

ރައީސް ސޯލިހު މިހެންވިދާޅުވީ މީދޫ ރަށްޔިތުންނާއި ބައްދަލުކުރުމަށް މިމަހުގެ 9 ވަނަ ދުވަހު މީދޫ ޝަމްސުއްދީން ސްކޫލްގައި ބޭއްވުނު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޮޒޭއަކީ ރަށްޔިތުންގެ މަޖިލިހުގެތޭގައި  ރަށްޔިތުން ތަމްސީލްކުރުމަށްޓަކައި  ކުރަންޖެހުނު ކޮންމެ ކަމެއް ވޭތުވެދިޔަ ދެދައުރުގައިވެސް ފަހަތަށް ޖެހިވަޑައިނުގެން ކުރައްވާފައިވާ ކުޅަދާނަ އަންހެން ބޭކަބަލެއްކަމަށް  ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރޮޒޭއަކީ މަޖިލިހުގައި  މިދާއިރާގެ އަދި މުޅި ރާއްޖެ ތަމްސީލް ކުރުމުގައި ފަހަތަކަށް ޖެހިވަޑައި ނުގެން މަސައްކަތް ކުރައްވަމުން ގެންދާ ބޭފުޅެއްކަމަށެވެ.

” ތިޔަބޭފުޅުންނަށް އަޅުގަޑު އިޚްލާސްތެރިކަމާއެކު މިއިލްތިމާސްކުރަނީ ރޮޒޭއަށް ވޯޓް ދެއްވުމަށް . ރޮޒޭއަށް ދެއްވާ ވޯޓަކީ ގެއްލިގެންދާނެ ވޯޓެއްނޫން.  އަޅުގަޑު ރޮޒޭއާއެކު ރަށްޔިތުންގެ މަޖިލިހުގައި 2 ދައުރުގައި މަސައްކަތްކޮށްފިން . އަންހެން ބޭކަބަލެއް އެހެންނަމަވެސް އަޅުގަޑުމެންގެ ސަފުގައި ފަހަތަކަށް ޖެހިވަޑައިނުގަންނަވާ .ރަށްޔިތުން ތަމްސީލްކުރުމުގައި ކުރަންޖެހޭ ކޮންމެކަމެއް  އެންމެކުރީ ސަފުގައި ހުންނަވައިގެން އެގެންދަވަނީ ކުރައްވަމުން . މިއަދުވެސް އެހުންނެވީ އެގޮތައް . އަޅުގަޑުގެ ފުރިހަމަ އިތުބާރު އެބައޮތް ކުރިއަށްއޮތް ރަށްޔިތުންގެ މަޖިލިހުގައިވެސް މިދާއިރާގެ އަދި މުޅި ރާއްޖެ ތަމްސީލް ކުރުމުގައި ރޮޒޭ ފަހަތަކަށް ޖެހިވަޑައި ނުގަންނަވާނެކަމަށް. ” ރައީސް ސޯލިހު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި އިތުރަށް ވާހަކަ ފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މީދޫއާއި ހުޅުދޫއަށް ކޮށްދޭންޖެހޭ ބައިވަރު ކަންތައްތައް އެބަހުރިކަމަށާ އެކަންކަން  އައްޑޫސިޓީގެ ތަރައްގީގެ މެގަޕްރޮޖެކްޓް ފެށިގެން ކުރިއަށްދާއިރުގައި ކުރެވިގެންދާނެކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫސިޓީ: ގުޅިފައިވާ ރަށްތަކުގެ މިސްކިތްތަކުގައި އަދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލައިފި

ކޮވިޑް-19 އާއި ގުޅިގެން  ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ވަގުތީގޮތުން ...

ކޮވިޑު-19 ޖެހިގެން އިތުރު މީހަކު ރާއްޖެއިން ނިޔާވެއްޖެ

ކޮވިޑު-19 ޖެހިގެން އިތުރު މީހަކު ރާއްޖެއިން ނިޔާވެއްޖެއެވެ. ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްވަމުން ...

އިންޑިއާގެ މަރުކަޒީ ބޭންކާއި ރާއްޖެއާ ދެމެދު 200 މިލިއަން ޑޮލަރުގެ ސްވޮޕް އެގްރިމެންޓެއް

އިންޑިއާގެ މަރުކަޒީ ބޭންކު، ރިޒާވް ބެންކު އޮފް އިންޑިއާ އާއި ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭއާ ދެމެދު 200 ...