އައްޑޫސިޓީ: ގުޅިފައިވާ ރަށްތަކުގެ މިސްކިތްތަކުގައި އަދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލައިފި

advertisement

ކޮވިޑް-19 އާއި ގުޅިގެން  ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

އައްޑޫ ސިޓީ އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފައިވާގޮތުން  15 މެއި ވާ ހޮނިހިރު ދުވަހުގެ ފަތިސް ދުވަހުން ފެށިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވަގުތީގޮތުން ވަނީ ހުއްޓާލެވިފައެވެ.

ކޮވިޑް 19 ގެ ކޭސްތައް ހުޅުމީދޫގައިވެސް ހަލުއިކަމާއެކު ފެތުރެމުންދާތީ މެއި މަހުގެ 13 ވަނަ ދުވަހުގެ މަޣުރިބް ނަމާދުންފެށިގެން އެއްހަފްތާގެ މުއްދަތައް ހުޅުމީދޫގެ މިސްކިތްތަކުގައިވެސް ޖަމާއަތުގައި ނަމާދުކުރުންވަނީ ހުއްޓާލާފައެވެ.

ޖަމާއަތުގައި ނަމާދު ނުކުރިކަމުގައި ވިޔަސް  މިސްކިތްތަކުން ބަންގި ގޮވަމުންދާނެއެވެ. ބަންގި ގޮވަމުންދާއިރު، ގޭގައި ނަމާދުކުރުމަށް އިރުޝާދުދޭނެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނިއުމާ ފިލްމު ކުޅުން ހުއްޓާލަނީ

ފިލްމީ ދާއިރާގައި ތޭވީސް އަހަރުވަންދެން މަސައްކަތްކުރުމަށްފަހު ފިލްމީތަރި ނިއުމާ މުޙައްމަދު ފިލްމު ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ. އުމުރުން އެންމެ ...

12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމި ނިންމުން ބާތިލުކޮށްފި

ރައްޔިތުން މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ...

ހައިވަކަރު އަހުމަދުފުޅު އަވަހާރަވެއްޖެ

ހައިވަކަރު އަހުމަދުފުޅު މިއަދު އަވަހަރާވެއްޖެ އެވެ. އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުން އޭނަ އަވަހާރަވީ މިއަދުގެ ފަތިހުގެ ...