ކޮވިޑު-19 ޖެހިގެން އިތުރު މީހަކު ރާއްޖެއިން ނިޔާވެއްޖެ

ކޮވިޑު-19 ޖެހިގެން އިތުރު މީހަކު ރާއްޖެއިން ނިޔާވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ރޭ 10:45 ހާއިރު މަގުމަތީގައި ވެއްޓިފައި އޮތް ބިދޭސީއަކު އައިޖީއެމްއެޗްއަށް ގެންދިޔަކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ މަރުވެފައިވާކަމަށެވެ. އަދި އެމީހާ ކޯވިޑް-19އަށް ޓެސްޓުކުރުމުން އެ ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އެމީހާ ވަޒީފާ އަށް ނުނުކުންނަތާ ދެ މަސްވެފައިވާ ކަމަށާ އެއީ އަމިއްލަ ކުންފުންޏެއްގައި މަސައްކަތްކުރާ މީހެއްކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ ނިޔާވި ބިދޭސީ މީހާއަކީ ހިތުގެ ބަލީގެ މީހެއް ކަމަށެވެ. އަދި އެމީހާގެ ގައިން ކޯވިޑް-19ގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އަދި އެމީހާ ދިރިއިޅެމުން ދިޔައީ އިތުރު ބިދޭސީންތަކަކާއެކުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19 އަށް މިމީހާ ޕޮޒިޓިވް ވުމާގުޅިގެން މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުންދާކަމަށާއި މި މަސައްކަތުގެ ދަށުން މިހާރު 4 މީހަކު ކަރަންޓީންކޮށްފައިވަކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން 5 މީހުން ކޮވިޑް 19 ގައި ނިޔާވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 2 ބިދޭސީންނާއި 3 ދިވެހިންނެވެ. 2 ބިދޭސީންނަކީވެސް ބަންގްލަދޭޝް މީހުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫން ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކޮށްފި

އައްޑޫސިޓީ ހުޅުދޫން ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު މިއަދު އާންމުކޮށްފިއެވެ. ސަރުކާރުގެ ”ގެދޮރުވެރިކުރުން“ ޕްރޮގްރާމްގެ ދަށުން އައްޑޫ ...

ގައުމީ ކްލައުޑް ގާއިމްކުރަން ހިލޭ އެހީގެ ގޮތުގައި އެމެރިކާއިން 13 މިލިއަން ރުފިޔާ

ގައުމީ ކްލައުޑް ގާއިމްކުރަން ހިލޭ އެހީގެ ގޮތުގައި އެމެރިކާއިން 13 މިލިއަން ރުފިޔާ ދިނުމަށް އެއްބަސްވެ ސޮއި ކޮށްފިއެވެ. ...

ނަމާދު ކުރުމާއި، ތައުބާ ވުމާއި، ޒިކުރު ކުރުމުގެ ތެރޭގައި ހޭދަ ކުރާ މައްސަރަކަށް ރޯދަ މަސް ހަދަމާ ހިންގަވާށެވެ.

ރަމަޟާން މަހަކީ ކޮންމެ އަހަރަކު އަޅުގަނޑުމެންނާ ބައްދަލު ކުރާ އުފާވެރި ފުއްސެވުމާއި ދިންނެވުމުގެ މައްސަރެކެވެ. އުފާވެރި މައްސަރަކަށް ވަނީ ...