އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން މިރޭ ކުޅުނު މެޗުވެސް ކާމިޔާބުކޮށްފިއެވެ.

ބްރައިޓަން އާއި ބައްދަލުކޮށް މެންޗެސްޓާ ޔުނައިޓެޑުން މިރޭ ކުޅުނު މެޗް ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 1 ލަނޑުންނެވެ.

މިރޭގެ މެޗްގައި ޔުނައިޓެޑުން ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ  27 ވަނަ މިނެޓުގައި ޕޮގްބާއަށް ބްރައިޓަންގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނެލްޓީ އަކުން ޕޮގްބާ ކާމިޔާބުކޮށް ދިން ލަނޑެކެވެ. މިމެޗްގައި ޔުނައިޓެޑުން ކާމިޔާބުކުރި 2 ވަނަ ލަނޑު 42 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ރަޝްފޯޑެވެ.

ބްރައިޓަންއިން މިމެޗްގައި ކާމިޔާބުކުރި ލަނޑު  72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ  ޕަސްކަލް ގްރޮސް އެވެ.

ޔުނައިޓެޑް މިރޭގެ މެޗުން މޮޅުވުމުން އެޓީމަށް 23 މެޗުން ލިބިފައިވަނީ 44 ޕޮއިންޓެވެ. މިމެޗުން ބަލިވި ބްރައިޓަން އަށް 23 މެޗުން ލިބިފައިނީ 26 ޕޮއިންޓެވެ.

މޮރީނިއޯ ފޮނުވާލުމަށްފަހު މެންޗެސްޓަރގެ ކޯޗްކަމާ ހަވާލްވި ސޮލްސްޖާއާގެ އިރުޝާދުގެ ދަށުން  ޔުނައިޓެޑުން ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެފައިވާ އިރު، އޭނާ ވަނީ ތާރީހީ ރެކޯޑެއްވެސް މުގުރާލާފައެވެ.

އެރެކޯޑަކީ  ފުރަތަމަ ހަ މެޗު ކާމިޔާބުކުރި ފުރަތަމަ ޔުނައިޓެޑްގެ ކޯޗްގެ ޝަރަފް ސޮލްސްޖާއާ އަށް ލިބުމެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖަޕާނުން ޖަރުމަނު ބަލިކޮށް ހައިރާންކަން ގެނުވައިފި، ވޯލްޑްކަޕުގައި ގަދަބާރުތަކަށް ދަށް ފެށުމެއް!

ގަތަރު ވޯލްޑްކަޕް 2022 ގައި މިއަދު އޭޝިއާގެ ގަދަބާރު ޖަޕާނުން ފަހަތުން އަރާ 4 ފަހަރުގެ ޗެމްޕިއަން ޖަރުމަނު ...

ސްލޮވާކިއާ ބަލިކޮށް ދެވަަނަ ބުރަށް ދިއުމުގެ ފުރުސަތު ސްވިޑެން ތަނަވަސްކޮށްފި

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްލޮވާކިއާ ބަލިކޮށް ދެވަަނަ ބުރަށް ދިއުމުގެ ފުރުސަތު ސްވިޑެން ތަނަވަސްކޮށްފިއެވެ. މިރޭ ސްލޮވާކިއާ އާއި ...

ކޮޕާ އެމެރިކާގެ ސެމީން އާޖެންޓީނާ ޖާގަ ހޯދައިފި

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން އާޖެންޓީނާ ޖާގަ ހޯދައިފި އެވެ. އާޖެންޓީނާ  ސެމީފައިނަލުން ޖާގަ ހޯދީ، ...