ޖަޕާނުން ޖަރުމަނު ބަލިކޮށް ހައިރާންކަން ގެނުވައިފި، ވޯލްޑްކަޕުގައި ގަދަބާރުތަކަށް ދަށް ފެށުމެއް!

ގަތަރު ވޯލްޑްކަޕް 2022 ގައި މިއަދު އޭޝިއާގެ ގަދަބާރު ޖަޕާނުން ފަހަތުން އަރާ 4 ފަހަރުގެ ޗެމްޕިއަން ޖަރުމަނު ބަލިކޮށް މުޅި ދުނިޔެއަށް ސިހުން ގެނުވައިފި އެވެ.

ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ޖަރުމަނާއި ޖަޕާން ބައްދަލުކުރި މެޗު 2 – 1 ން ކާމިޔާބުކުރީ ޖަޕާނުންނެވެ. ޖަޕާނުން މެޗު ކާމިޔާބުކުރީ ޖަރުމަނު ގޯލެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ދެގޯލު ޖަހައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުން ރަނގަޅު ކުޅުމެއް ދެއްކިއިރު މުޅި މެޗު އެއްކޮށްހެން ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާތައް އުފެއްދީ ވެސް ޖަރުމަނުންނެވެ. މެޗުގައި ޖަރުމަނުން ލީޑު ނެގީ 32 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޑިފެންޑަރު ރައުމްއަށް ޖަޕާނުގެ ކީޕަރު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ޖަރުމަނަށް ކާމިޔާބުކޮށްދިނީ އިލްކޭ ގުންޑޮގާން އެވެ.

މެޗުގައި ޖަޕާނުގެ ފުރަތަމަ ލަނޑު 75 ވަނަ މިނެޓުގައި ރިޓްސޫ ޑޯން ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކުރިއިރު އޭގެ އިރުކޮޅެއް ފަހުން 83 ވަނަ މިނެޓުގައި ޓަކޫމާ އަސާނޯ ވަނީ ޖަޕާނު މެޗުން މޮޅުކޮށްދިން ލަނޑު ޖަހައިދީފަ އެވެ.

މިފަހަރުގެ މުބާރާތުގައި ޖަރުމަން އަތުން މޮޅުވެ ޖަޕާނުން ދުނިޔެއަށް ސިހުން ގެނުވިއިރު މިހާތަނަށް އެންމެ ހައިރާންކުރުވަނިވި ނަތީޖާއެއް ނުކުތީ ސައުދީ އަރަބިއާއާއި އާޖެންޓީނާ ބައްދަލުކުރި މެޗުގަ އެވެ. ސައުދީން ވަނީ ފަހަތުން އަރާ 2 – 1 ން ލިއޮނަލް މެސީގެ އާޖެންޓީނާ ބަލިކޮށްފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

 ހުޅުދޫ ހިމެނޭހެން 16 ރަށެއްގައި ޔޫތު ސެންޓަރު އެޅުމަށްކައުންސިލްތަކާއި ހަވާލުކޮށްފި

ހުޅުދޫ ހިމެނޭހެން 16 ރަށެއްގައި ޔޫތު ސެންޓަރު އެޅުމަށް ކައުންސިލްތަކާއި ހަވާލުކޮށްފިއެވެ. އެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. ބާރަށް ...

ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ރެއާލްމެޑްރިޑް ހޯދައިފި

ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ރެއާލްމެޑްރިޑް ހޯދައިފިއެވެ. ރެއާލްމެޑްރިޑް ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަންހޯދީ ރޭ ކުޅެވުނު  ފައިނަލުގައި ...

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް- ރޭ ކުޅެވުނު މެޗްތައް ކާމިޔާބުކުރީ ހުޅުދޫ އެފްސީއާއި މައިލޯ ސިޓީ

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ފުޓްބޯޅަ މުބާރާތުގައި ރޭވެސް ދެމެޗް ކުޅެވުނެވެ.  މިގޮތުން  ރޭ ކުޅެވުނު ފުރަތަމަމެޗް ކާމިޔާބުކުރީ ...