އަންނަ އަހަރު އަތޮޅުތެރެއަށް ޚާއްސަކޮށްގެން ވޮލީ މުބާރާތެއް ބާއްވަނީ

Advertisement

އަންނަ އަަހަރު އަތޮޅު މުބާރާތުގެ ނަމުގައި އަތޮޅުތެރެއަށް ވޮލީބޯޅައިގެ ހަރަކާތްތައް ފުޅާކުރުމުގެ ގޮތުން މުބާރާތެއް ބޭއްވުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ނިންމައިފި އެވެ.

އަންނަ އަހަރުގެ ވޮލީބޯޅައިގެ ކަލަންޑަރު އިއުލާނުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް ހާމަކުރިގޮތުގައި އަންނަ އަހަރު މުބާރާތުގެ އަމަލީ މަސައްކަތް ފެށުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި މި މުބާރާތާއެކު ގިނަ ކުޅުންތެރިންނަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މުބާރާތް ފެށުމުގެ ކުރިން މަޝްވަރާކުރަން ޖެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށާއި އަތޮޅު މުބާރާތަކީ ވޮލީ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް އިންތިހާބުވުމުގެ ކުރިންވީ ބޮޑު ވައުދެއް ކަމަށްވެސް ލަތީފް ވިދާޅުވި އެވެ.

އަންނަ އަހަރު އަންހެން އަދި ފިރިހެން ޓީމުތަކަށް ހާއްސަ ކޮށްގެން މުބާރާތް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މުޅި ރާއްޖެ ހަ ޒޯނަކަށް ބަހާލުމަށްފަހު ކޮންމެ އަތޮޅެއްގައި ކުޅުމަށްފަހު މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރާ ހަތަރު ޓީމެއް ގައުމީ ވޮލީބޯޅަ ލީގަށް ކޮލިފައިވާ ގޮތަށެވެ.

ލަތީފް ވިދާޅުވީ މި މުބާރާތަކީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކުގެ އިތުރުން ރަށު ކައުންސިލްތަކާއި ގުޅިގެން ބާއްވާ މުބާރާތެއް ކަމަށާއި ކައުންސިލްތަކާއެކު މަޝްވަރާތައް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމު ސްޓްރީޓް ކަޕް : މިއަދުގެ މެޗުވެސް ބީރިކަނާ ކާމިޔާބުކޮށްފި

ގައުމު އެފްސީން  އިންތިޒާމުކޮށްގެން މީދޫގައި  ބާއްވާ “ގައުމު ސްޓްރީޓް ކަޕް” ފުޓްބޯޅަ މުބާރާތުގެ މިއަދު ހަވީރު ކުޅުނުމެޗް އެފްސީ ...

ގައުމުން މިދިޔައަހަރުގެ ޗެމްޕިއަން ވަރުގަދަ ތައްލިހި މޮޅުވިޔަނުދީ ހިފަހައްޓައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ތައްލިހި އެފްސީ މޮޅުވިޔަނުދީ  ގައުމު އެފްސީ ޓީމުން ތައްލިހި ،ހިފަހައްޓާލައިފި އެވެ. މިނިވަންކަޕް 2019 ...

ޕެނަލްޓީ ޖަހައިގެން ފޭދޫ ސްކޫލް ބަލިކޮށް އަތޮޅުމަދަރުސާ ފައިނަލަށް

ޕެނަލްޓީ ޖަހައިގެން ފޭދޫ ސްކޫލް ބަލިކޮށް ހިތަދޫގައި ކުޅެވެމުންދާ ވޭންއޫދު 15 އަހަރުން ދަށުގެ އެފްއޭއެމް އިންޓަރ ސްކޫލް ...