ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ރެއާލްމެޑްރިޑް ހޯދައިފިއެވެ.

ރެއާލްމެޑްރިޑް ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަންހޯދީ ރޭ ކުޅެވުނު  ފައިނަލުގައި ޔޫއޭއީގެ އަލް އައިން އާއި ބައްދަލުކޮށް 4 ލަނޑު 1 ލަނޑުން މޮޅުވެގެންނެވެ.

ރޭ ކުޅެވުނު ފައިނަލްމެޗްގައި ރެއާލްގެ ފުރަތަމަ ލަނޑު 14 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މޮޑްރިޗް އެވެ. ރެއާލްގެ ދެވަނަ ލަނޑު 60 ވަނަ މިނިޓްގައި މާކޯސް ލޮރެންޓޭ ކާމިޔާބުކޮށް ދީފައިވާއިރު  ރެއާލުގެ ތިން ވަނަ ލަނޑު މެޗުގެ 78 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ  ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. ރެއާލްގެ 4 ވަނަ ލަނޑަކީ  މެޗްގެ އިތުރު ވަގުތުގައި އަލް އައިންގެ ނާދިރު މުސްތަފާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މިމެޗްގައި އައިނުން ކާމިޔާބުކުރި  ހަމައެކަނި ލަނޑު 86 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ  ސުކާސާ ޝިއޮޓާނީ އެވެ.

މިއީ ރެއާލުން ޖެހިޖެހިގެން މި މުބާރާތް ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ. އަދި މި ފަހަރުގެ މިމުބާރާތުގެ ޗެމްޕިއަންކަން ރެއާލްމެޑްރިޑަށް ލިބުމުން  ރެއާލުން ވަނީ ބާސެލޯނާ ފަހަތައް ޖައްސާލުމަށް ފަހު މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ރެކޯޑްވެސް ގާއިމްކޮށްފަ އެވެ. އެއީ މިމުބާރާތުގެ ޗެމްޕިއަންކަން 4 ފަހަރު ރެއާލްމެޑްރިޑަށް ލިބުމުންނެވެ. ރެއާލްއާއި ވާދަވެރި ބާސެލޯނާއަށް މިމުބާރާތް ކާމިޔާބުކުރެވިފައިވަނީ 3 ފަހަރުއެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑް ހޯދާފައިވާއިރު މިމުބާރާތުގެ  އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީވެސް ރެއާލްގެ ބޭލްއެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އާޖެންޓީނާއިން އިޒްރޭލާ ދެކޮޅަށް ކުޅެން އޮތް މެޗު ކެންސަލްކޮށްފި

ވޯލްޑްކަޕަށް ތައްޔާރުވުމަށް އިޒްރޭލާއެކު ކުޅެން އޮތް މެޗު އާޖެންޓީނާގެ ކެޕްޓަން ލަޔަނަލް މެސީގެ އެދުމުގެ މަތިން ނުކުޅެން ނިންމައިފިއެވެ. ...

ޔޫރޯ 2020: ހަންގޭރީއާއި އާއި ފްރާންސް ބައްދަލުކުރި މެޗު އެއްވަރުވެއްޖެ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ހަންގޭރީއާއި ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމިއްޖެވެ. ހަންގޭރީގެ ޕުސްކަސް އެރީނާގައި ...

އިގިރޭސި ޕްރިމިއާލީގުގ މެޗްތައް ކުޅުރުކޮށް ކުޅެން މަޝްވަރާކޮށް އަންނަމަހު ލީގު ފެށޭތޯ ބަލަނީ

އިގިރޭސި ޕްރިމިއާލީގުމެޗްތައް ކުރުކޮށްކުޅެން މަޝްވަރާކޮށްފިއެވެ. ޕްރިމިއާލީގުގެ މެޗްތައް އަންނަމަހު ފަށަން ކުލަބްތަކާއެކު މަޝްވަރާ ކުރެވެމުން އަންނައިރު ލީގު އަވަހަށް ...