ވޯލްޑްކަޕަށް ތައްޔާރުވުމަށް އިޒްރޭލާއެކު ކުޅެން އޮތް މެޗު އާޖެންޓީނާގެ ކެޕްޓަން ލަޔަނަލް މެސީގެ އެދުމުގެ މަތިން ނުކުޅެން ނިންމައިފިއެވެ.

މި މަހުގެ ނުވަވަނަ ދުވަހު އިޒްރޭލްގައި މިދެޓީމް ވާދަކުރުމަށް ހަމަޖެހިފައި އޮތް މެޗް ކެންސަލް ކުރިކަން އާޖެންޓީނާގައި ހުންނަ އިޒްރޭލް އެމްބަސީން ވަނީ ކަށަވަރުކޮށްދީފައެވެ. މެޗް ކެންސަލް ކުރީ ޓީމްގެ ކުޅުންތެރިން މެޗް ކުޅެން ބޭނުން ނުވާތީ މެޗް ކެންސަލްކުރުމަށް އެދި ކެޕްޓަން މެސީ އާޖެންޓީނާގެ ފުޓުބޯޅަ ފެޑެރޭޝަނަށް ހުށަހެޅުމުންނެވެ.
މެޗު ނުކުޅުމަށް އާޖެންޓީނާ ޓީމުން ނިންމާފައިވަނީ އިޒްރޭލުން ގާޒާގައި ހިންގަމުންދާ އަނިޔާތަކާ ދެކޮޅަށް ތެދުވުމުގެ ގޮތުންނެވެ. މެޗު ކެންސަލްކުރުމާ ގުޅިގެން ފާއިތު ވި ދެ ވަރލްޑްކަޕްގައިވެސް މެސީއާއެކު ފޯވާޑްލައިންގައި ވިދާލި ތަރި ގޮންޒާލޯ ހިގުއެއިން ވަނީ އެއީ އެންމެ ރަނގަޅު ނިންމުން ކަމަށްބުނެ ނިންމުމަށް ވަރަށް ބޮޑަށް ތާއީދުކޮށްފައެވެ.

މީޑިޔާ ރިޕޯރޓްތައް ބުނާގޮތުން މެޗް ކެންސަލްކުރުމާ ގުޅިގެން އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އާޖެންޓީނާގެ ރައީސް މައުރީސިއޯ މެކްރީއަށް ގުޅުއްވާ ދެ ޤައުމުގެ ގުޅުން ދެމެހެއްޓުމަށް މި މެޗް ކުރިއަށް ގެންދެވޭތޯ މަސައްކަތްކަށްފައެވެ. ނަމަވެސް މިކަމަށް އާޖެންޓީނާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުމުން ދެ ޤައުމުގެ ހާރިޖީ ގުޅުމަށްވެސް ވަނީ ބުރޫ އަރާފައެވެ.

އެގޮތުން އިޒްރޭލްގެ ޑިފެންސް މިނިސްޓަރ ވަނީ އިޒްރޭލަށް ނަފްރަތުކުރާ މީހުން ދައްކާ ވާހަކަ އާޖެންޓީނާ ކުޅުންތެރިންނަށް ހަޖަމް ނުކުރެވުމަކީ ހިތާމައެއް ކަމަށް ބުނެފައެވެ. މެޗު ކެންސަލް ކުރުމާ ގުޅިގެން ފަލަސްތީނުގެ ފުޓުބޯޅައެސޯސިއޭޝަނުން އެކަމުގެ އުފަލުގައި ހިތްވަރުދިނުމުގެ ބަޔާނެއް ވަނީ ނެރެފައެވެ. ބަޔާނުގައި އާޖެންޓީނާގެ ކެޕްޓަން ލަޔަނަލް މެސީގެ އިތުރުން މުޅި ޓީމަށް ހާއްސަކޮށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި އާޖެންޓީނާގެ މި ނިންމުމަކީ ފުޓުބޯޅައިގެ އަހުލާޤާއި ސުލޫކު ދަމަހައްޓައިދިނުމުގެ ރީތި މިސާލެއް ކަމަށްވެސް ފަލަސްތީނުން ބުނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ޑަރެން ސްޓެވާޓް މަރުވެއްޖެ

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު، އަދި އޮސްޓްރޭލިއާގެ ކުރީގެ ކުޅުންތެރިޔާ ޑަރެން ސްޓެވާޓް މަރުވެއްޖެއެވެ. އޮސްޓްރޭލިއާ އަށް ނިސްބަތްވާ ސްޓެވާޓް ...

މެސީގެ ހެޓްރިކާއެކު، ބާސެލޯނާއަށް ތަފާތު ބޮޑު މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ލެވަންޓޭ 5 ލަނޑު 0 ލަނޑުން ބަލިކޮށް ބާސެލޯނާ ލީގުގެ އެއް ވަނައަށް ޖެހިލައިފިއެވެ. ...

ދިވެހީން ސަޕޯޓްކުރާ ލިސްޓުގެ އެންމެކުރީގައި އުޅޭ އެންމެ މަގުބޫލް އެއްޓީމަކީ އިޓަލީ

ޔޫރޯ ފުޓްބޯޅަ މުބާރާތަކީ ވޯލްޑްކަޕަށްފަހު ބޭއްވޭ އެންމެ ފުޓްބޯޅަ މުބާރާތެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތާއި ވޯލްޑްކަޕަކީވެސް ދިވެހީން ވަރަށް ...