ޔޫރޯ 2020: ހަންގޭރީއާއި އާއި ފްރާންސް ބައްދަލުކުރި މެޗު އެއްވަރުވެއްޖެ

advertisement

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ހަންގޭރީއާއި ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމިއްޖެވެ.

ހަންގޭރީގެ ޕުސްކަސް އެރީނާގައި  މިރޭ ކުޅުނު މިމެޗުގެ ފުރަތަމަ ހާފްގެ ބޮޑުބައި ފްރާންސް އިން ކުޅުނީ ހަންގޭރީ ހާފްގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެންނެވެ. މިއާއި އެކު ލަނޑު ޖަހަން އެންމެ ރަގަޅު ހުސްފުރުސަތެއް ލިބުނީވެސް ފްރާންސަށެވެ. އެއީ   މެޗްގެ 31 ވަނަ މިނިޓްގައި ބެންޒެމާއަށް ލިބުނު ފުރުސަތެވެ.  އެފުރުސަތަކީ އެމްބާޕޭ މުޅިން ހުސްކޮށްލާފައި ބެންޒެމާ އަށް ދިން ބޯޅައަކުން ބެންޒެމާއަށް ލިބުނު ފުރުސަތެކެވެ. މިފުރުސަތުގައި  ބެންޒެމާ ފޮނުވާލި ބޯޅަ  ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ.

މިމެޗްގައި ހަންގޭރީން ކާމިޔާބުކުރި ލަނޑު  ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ފިއޯލާ އެވެ. ފިއޯލާ ކާމިޔާބުކޮށްދިން މިލަނޑަކީ ފްރާންސްޓީމުގެ މެދަކާހިސާބުން އޭނައަށް ލިބުނު ބޯޅައެއް ހިފައިގެން  ފްރާންސްގެ ޕެނަލްޓީ އޭރިއާތެރެއަށް ވަދެ ތިރިތިރިން ފޮނުވާލި ބޯޅަ ގޯލްތެރެއަށް ވައްދާލައިގެން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.  

ފުރަތަމަ ހާފް 1-0 ގެ ނަތީޖާއަކުން  ހަންގޭރީ ކުރި ހޯދާފައިވުމާއެކު ފްރާންސް އިން ދެ ވަނަ ހާފްގެ ކުޅުން ފަށާފައިވަނީ ވަރަށްބޮޑަށް އެޓޭކިންއަށް ޓާގެޓް ކޮށްގެންނެވެ.

މިގޮތުން  ބަދަލުކުޅުންތެރެއިއެއްގެ ގޮތުގައި ކުޅެންއެރި  ޑެމްބެލޭ މެޗުގެ 58 ވަނަ މިނިޓްގައި ފޮނުވާލި ބޯޅަ  އަމާޒުވީ ހަންގޭރީގެ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ފްރާންސް އިން މިމެޗްގެ ނަތީޖާ ހަމަހަމަކުރި ލަނޑު  މެޗްގެ 66 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ގްރީޒްމަންއެވެ. ގްރީޒްމަންގެ މިލަނޑަކީ ހަންގޭރީ ދެ ޑިފެންޑަރުން ކައިރިން ބޯޅަ ހޯދައިގެން އެމްބާޕޭ ހަންގޭރީގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައަކުން ގްރީމަން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.  

މިލަނޑަށްފަހުވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ފްރާންސްއަށް ލިބިގެން ގޮސްފައިވެއެވެ. އޭގެ ތެރޭގައި މެޗުގެ 81 ވަނަ މިނިޓްގައި ޖިރޫ ހުސްކޮށްލާފައި އެމްބާޕޭ އަށް ދިން ބޯޅަ ފާހަގަކޮށްލެވެއެވެ. އެކަމަކު އެމްބާޕޭ ފޮނުވާލި މިބޯޅަ ދިޔައީ ސީދާ ކީޕަރުއަތަށެވެ. އޭގެ ފަހުންވެސް ފްރާންސްގެ ކޮރެންޓިން ޓޮލީސޯއަށް ވެސް ލަނޑުޖަހަން ރަގަޅު ފުރުސަތެއް ލިބިފައިވެއެވެ. އޭނައަށް ލިބުނު މިފުރުސަތުގައި ފޮނުވާލި ބޯޅަވެސް  އަމާޒުވީ  ހަންގޭރީގެ ކީޕަރު ގުލާޝީ އަތަށެވެ.

މެޗަށް ފަހު ހަންގޭރީގެ ސަޕޯޓަރުންނާއި ކުޅުންތެރީން  ވަރަށް ބޮޑަށް އުފާފާޅުކުރަމުން ގޮސްފައިވެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މިމެޗްގެ ކުޅިބަލަން 65000 މީހުން ދަނޑަށް ވަދެފައިވާއިރު ގިނައީ ހަންގޭރީގެ ސަޕޯޓަރުންނެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލޯކަލް ޑިމޮކްރަސީ އާއި ގުޅޭ ތަމްރީން ޕްރޮގްރާމެއްގައި އައްޑޫގެ ކައުންސިލަރުން

ކައުންސިލަރުންނަށް އަމާޒުކޮށްގެން ތިން ދުވަހުގެ މުއްދަތަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން އިއްޔެ ފެށްޓެވި ތަމްރީން ޕްރޮގްރާމެއްގައި އައްޑޫސިޓީގެ ތިން ...

އެޕްރީލް ފަހަކުން ފެށިގެން ކިޔަވައިދޭ ހުރިހާތަނެއް ބަންދު ކުރަން އަންގައިފި !

ތައުލީމުދޭ ހުރިހާ ތަނެއްގެ ކިޔެވުން މިމަހު ފަސް ވަނަ ދުވަހުން ފެށިގެން އިތުރު އެއް ހަފުތާއަށް ބަންދު ކުރަން ...

ހުޅުމީދޫގައިވެސް ބަލިމީހުން ބަންދު ކުރެވޭނެ- އެކަން ނިންމާނީ ފުލުހުން – ނިޒާރު

ކޮވިޑަށް ޕޮޒިޓިވާ މީހުން  ހިތަދޫގައިވެސް ބަންދުކުރެވެންހުރީ ވަކި ވަރަކަށްކަމަށާ އެއަށްވުރެ އިތުރަށް ކޮވިޑް ބަލިމީހުން ބަންދުކުރަންވެއްޖެނަމަ ހުޅުމީދޫގައިވެސް ބަންދު ...