ޗީފް އޮފް ޑިފެންސް ފޯސް ކަމަށް ޝަމާލް އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ސިފައިންގެ ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލު އައްޔަން ކުރައްވައިފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޝަމާލް އައްޔަން ކުރައްވާފައިވާއިރު، އެ މަގާމުގައި ހުންނެވި މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް ވަނީ އެމަގާމުން މިއަދުގެ ވަގުތެއްގައި ވަކިކޮށްފައެވެ.

ޝަމާލު އަކީ، 2013 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބޭއްވުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ބާރާއި އަމުރުވެރިކަން ނަފީކޮށް، ސިފައިންގެ ތެރޭގައި ފިތުނަ އުފެދޭ ގޮތަށް މަސައްކަތްކޮށް، މަސްލަހަތު ނަގާލަން އުޅުނު ކަމަށް ބުނެ އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވަޒީފާއިން ވަކިކުރެއްވި ބޭކަލެކެވެ.

ނަމަވެސް އޭނާ ސިފައިންގެ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އޭނާއަށް އަލުން ވަޒީފާ ދޭން ހައި ކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.

އި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، ޝަމާލު ވަކިކޮށްފައިވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަކި ކޮބައިކަން ބަޔާން ކުރުމެއް ނެތި ކަމަށާއި ކުރާ ތުހުމަތުތަކާ ގުޅޭގޮތުން އެއްވެސް ވަރަކަށް އޭނާއާ ސުވާލުކޮށްފައިނުވާ ކަމަށެވެ.

އެހެންކަމުން، އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް 15 ދުވަސް ތެރޭގައި އަލުން ދިނުމަށް ހުކުމުގައި ބުނެފައިވެއެވެ. އަދި ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ވެސް 30 ދުވަހުގެ ތެރޭގައި ޝަމާލަށް ދިނުމަށް ހުކުމުގައި އަންގާފައިވެއެވެ.

އޭގެ އިތުރުން ހިދުމަތް މެދުކެނޑިފައިވާ ދުވަސްތައް ހިދުމަތުގެ މުއްދަތުގެ ގޮތުގައި ގުނުމަށާއި މަގާމުގެ ކުރިއރުން ލިބުމުގައި ކަނޑައެޅިފައިވާ ގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވައިދިނުމަށް ވެސް ޑިފެންސް މިނިސްޓްރީގެ މައްޗަށް ހައި ކޯޓުން މިއަދު ކުރި ހުކުމުގައި އަމުރުކޮށްފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫސިޓީ- ކޮވިޑް 19: –2 ދުވަހުން 177 މީހުން ފައްސިވި

އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން މިއަދު  އާންމު ކުރި މިމަހުގެ 2 ވަނަ ދުވަހާއި 3 ވަނަ ދުވަހުގެ ...

މީދޫ އުނިސާރި މަގުގައި ތާރުއަޅައި ނިންމާލައިފި

މީދޫގައި ތާރުއަޅައިގެން ހަދަން ހަމަޖެހިފައިވާ މަގުތަކުގެ ތެރެއިން އުނިސާރި މަގުގައި ތާރުއަޅައި ނިންމާލައިފިއެވެ. މިގޮތުން މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ...

އައްޑޫ މަގުހެދުމުގެ މަޝްރޫޢު: އިންޑިއާގެ އެފްކޮންސްގެ ކޮލިޓީއާއިމެދު ކަންބޮޑުވުން!

އައްޑޫ ސިޓީގައި 107 ކިލޯމީޓަރު މަގުގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ މަަސައްކަތުގެ ކޮލިޓީއާއިމެދު ސުވާލު ...