އައްޑޫސިޓީ- ކޮވިޑް 19: –2 ދުވަހުން 177 މީހުން ފައްސިވި

advertisement

އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން މިއަދު  އާންމު ކުރި މިމަހުގެ 2 ވަނަ ދުވަހާއި 3 ވަނަ ދުވަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 2 ވަނަ 104 މީހުން އަދި 3 ވަނަ ދުވަހު 73 މީހުން ކޮވިޑަށް ވަނީ ފައްސިވެފައެވެ. މިއާއެކު މިދެދުވަހު އައްޑޫސިޓީން 177 މީހަކު ވަނި ކޮވިޑަށް ފައްސިވެފައެވެ.

މީގެ ތެރެއިން މިމަހުގެ 2 ވަނަ ދުވަހު ފައްސިވި 104 މީހުންނަކީ    އެދުވަހު ޓެސްޓު ކުރި 225 ސާމްޕަލުން ފައްސިވި މީހުންނެވެ.

އަދި 3 ވަނަ ދުވަހު ފައްސިވި 73 މީހުންނަކީ އެދުވަހު ޓެސްޓްކުރި 242 ސާމްޕަލުން ފައްސިވި މީހުންނެވެ.

އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން  އެނެމެފަހުން ހާމަކުރި ތަފާތް ހިސާބުތަކަށް ބަލާއިރު މިމަހުގެ 3 ވަނަ ދުވަހު އައްޑޫސިޓީން ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ ހިތަދުން  46 މީހަކާއި، މަރަދުން 5 މީހުން  ، މަރަދޫފޭދޫން 1 މީހުން ، ފޭދުން 12 މީހުން ހުޅުދުން 1 މީހުން އަދި މީދުން 8 މީހުންނެވެ.   

އައްޑޫސިޓީން މިހާތަނަށް ކޮވިޑަށް ފައްސިވި 5145 މީހުންގެ ތެރެއިން 4467 މީހުން ވަނީ ބަލިން ރަގަޅުވެފައެވެ.  މިއާ އެކު އައްޑޫސިޓީގައި މިހާރު ބަލި ޖެހިފައި ތިބި މީހުންގެ ޖުމްލަ އަދަދަކީ 663 އެވެ.

އައްޑޫގެ ވަކިވަކި އަވަށްތަކަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައި ތިބީ ހިތަދޫގައެވެ. އެގޮތުން ހިތަދޫގައި މިވަގުތު މި ބަލި ޖެހިފައި ތިބި 358 މީހަކު ތިބިއިރު، މީދޫގައި  40 ، ފޭދޫގައި 116 ،  މަރަދޫފޭދޫގައި 48 ، ހުޅުދޫގައި 18 އަދި މަރަދޫގައި 79 މީހަކު އެބަ ތިއްބެވެ. އަދި މީގެ އިތުރަށް ރިސޯޓާއި އެހެނިހެންތަންތަނުން ފައްސިވެފައިވަނީ 04 މީހެކެވެ.

އައްޑޫން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 2 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އައްޑޫސިޓީން 15 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.

އައްޑޫސިޓީގައި ކޮވިޑް 19 ގެ ކޭސްތައް ވަރަށްބޮޑަށް އިތުރުވެ ސާމްޕަލް ނެގުމުގައި ދަތިތަކާ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވުމާއެކު ގޭގެއަށްގޮސް ސާމްޕަލް ނެގުން އައްޑޫ އެކްއެޓޯރިއަލް ހޮސްޕިޓަލުން މިހާރު ވަނީ ހުއްޓާލާފައެވެ.

އައްޑޫ އެކްއެޓޯރިއަލް ހޮސްޕިޓަލުން  ހާމަކޮށްފައިވާގޮތުން ގޭގެއަށް ގޮސް ސާމްޕަލް ނެގުން ހުއްޓާލުމަށްފަހު މިހާރު ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ އެހޮސްޕިޓަލުން ކަނޑައަޅާފައިވާތަންތަނަށް ގޮސްގެންނެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކަނޑު އުޅަދަކުން އައްޑޫގެ އަވަށަކަށް މީހުން ބޭލުމުގެ ކުރީން އެކަން އެންގުމަށް އިއުތިމާސްކޮށްފި

އެމްޕީއެލް ފެރީ ނިޒާމުގެ ތެރެއިން ނޫންގޮތަކަށް މީހުން ގޮވައިގެން ރާއްޖޭގެ އެއްވެސް ތަނަކުން ފުރައިގެން އައްޑޫގެ އެއްވެސް އަވަށަކަށް ...

މިޝްކާގެ މަރު: ރިވިއު ރިޕޯޓުގައި ހުސް އިޙުމާލު، އެންބިއުލާންސް ނުފޮނުވާ ހެދީ ދޮގު

މިދިޔަ އަންގާރަ ދުވަހުގެ ރޭ ކޯވިޑް19 އަށް ޕޮޒިޓިވްވެ ފަރުވާ ނުދެވި ލަސްވުވުމުގެ ސަބަބުން މަރުވި ހދ. ކުޅުދުއްފުށި ...

ހަސަން ކުރުސީގެ އެކައުންޓް ސަސްޕެންޑްކޮށްފި

“ހަސަން ކުރުސީ” ގެ ނަމުގައި “އެކްސް” ގައި ރާއްޖޭގެ ކަންކަން ވިސިލްބްލޯ ކުރުމާއި ފާޑުކިޔުންތައް ކުރިޔަށް ގެންދިޔަ އެކައުންޓް ...