ޝަމްސުއްދީން ސްކޫލްގެ 36 ވަނަ ގުރުއާން މުބާރާތް: އެއްވަނަ ދަރިވަރަކަށް އާއިޝަތު އީޝާ އަސްލަމް

ޝަމްސުއްދީން ސްކޫލުން ބޭއްވި އެސްކޫލްގެ 36 ވަނަ ގުރުއާން މުބާރާތުގެ  އެއްވަނަ ދަރިވަރަކަށް އެސްކޫލްގެ ގްރޭޑް 5 ބީގެ އާއިޝަތު އީޝާ އަސްލަމް ( ސ.މީދޫ ޝޭޑީ ) ހޮވިއްޖެވެ.

މިމުބާރާތުގެ އެއްވަނަ ދަރިވަރަކަށް  އާއިޝަތު އީޝާ އަސްލަމް ހޮވުމާއި ގުޅިގެން އިނާމެއްގެ ގޮތުން އީޝާ އަސްލަމަށްވަނީ އުމްރާދަތުރެއް ލިބިފައެވެ.

މިއުމްރާދަތުރަކީ މިމުބާރާތުން އެއްވަނައަށް ހޮވޭ ދަރިވަރަކަށް ޝަމްސުއްދީން ސްކޫލްގައި ކުރީން މަސައްކަތްކުރެއްވި ހައްވާ މުހައްމަދުދީދީ މެދުވެރިވެގެން ” ނިސްމާ އަލް ހައްޖު  ވަލްއުމްރާ” ގުރޫޕުން ހޯއްދަވައި ދެއްވި އުމްރާ ދަތުރެކެވެ.

ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށް މިއަދު ހެނދު ޝަމްސުއްދީން ސްކޫލްގައި ބޭއްވުނު ރަސްމިއްޔާތުގައި އުމްރާދަތުގެ ލިއުން އީޝާ އަސްލަމާއި ހަވާލްކޮށްދެއްވީ ޝަމްސުއްދީން ސްކޫލްގެ ޕްރިންސިޕަލް ސުލްޠާނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕްލާސްޓިކް މަދު ކުރެވޭނީ އުގޫބާތެއްގެ ގޮތުން ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސް ބޮޑު ކޮށްގެން: ނަޝީދު

ޕްލާސްޓިކް ކޮތަޅުގެ އަގު ހެޔޮކުރުމަށް ތާއީދު ނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ޕްލާސްޓިކް ކޮތަޅަކުން ...

އައްޑޫގެ ޑެޕިއުޓީ މޭޔަރަކަށް ޝުއާއު ގެންނަން ފާސްކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް ހިތަދޫ މެދުވަލު ދާއިރާގެ ކައުންސިލަރު މުހައްމަދު ޝުއާއު ހޮވަން އެމްޑީޕީގެ އައްޑޫ ...

“ފެނަކަ އައިސް” ގެ ނަމުގައި ފަސޭހަކަމާއެކު އައިސް ހޯދަން މަގުފަހިވާނެ އެޕެއް ފެނަކައިން ތައާރަފްކޮށްފި

މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ އެޕްލިކޭޝަން “ފެނަކަ އައިސް” ލޯންޗްކޮށްފިއެވެ. މި އެޕްލިކޭޝަން ލޯންޗްކޮށްދެއްވީ ފެނަކަ ކޯޕަރޭޝަންގެ ސީއީއޯ ...