ޝަމްސުއްދީން ސްކޫލްގެ 36 ވަނަ ގުރުއާން މުބާރާތް: އެއްވަނަ ދަރިވަރަކަށް އާއިޝަތު އީޝާ އަސްލަމް

ޝަމްސުއްދީން ސްކޫލުން ބޭއްވި އެސްކޫލްގެ 36 ވަނަ ގުރުއާން މުބާރާތުގެ  އެއްވަނަ ދަރިވަރަކަށް އެސްކޫލްގެ ގްރޭޑް 5 ބީގެ އާއިޝަތު އީޝާ އަސްލަމް ( ސ.މީދޫ ޝޭޑީ ) ހޮވިއްޖެވެ.

މިމުބާރާތުގެ އެއްވަނަ ދަރިވަރަކަށް  އާއިޝަތު އީޝާ އަސްލަމް ހޮވުމާއި ގުޅިގެން އިނާމެއްގެ ގޮތުން އީޝާ އަސްލަމަށްވަނީ އުމްރާދަތުރެއް ލިބިފައެވެ.

މިއުމްރާދަތުރަކީ މިމުބާރާތުން އެއްވަނައަށް ހޮވޭ ދަރިވަރަކަށް ޝަމްސުއްދީން ސްކޫލްގައި ކުރީން މަސައްކަތްކުރެއްވި ހައްވާ މުހައްމަދުދީދީ މެދުވެރިވެގެން ” ނިސްމާ އަލް ހައްޖު  ވަލްއުމްރާ” ގުރޫޕުން ހޯއްދަވައި ދެއްވި އުމްރާ ދަތުރެކެވެ.

ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށް މިއަދު ހެނދު ޝަމްސުއްދީން ސްކޫލްގައި ބޭއްވުނު ރަސްމިއްޔާތުގައި އުމްރާދަތުގެ ލިއުން އީޝާ އަސްލަމާއި ހަވާލްކޮށްދެއްވީ ޝަމްސުއްދީން ސްކޫލްގެ ޕްރިންސިޕަލް ސުލްޠާނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގިނަ ޑިސްކައުންޓުތަކަކާއެކު އެސްޓީއޯގެ އަހަރީ ސޭލް، ހަމަ އެންމެ ދުވަހެއް

ގިނަ ޑިސްކައުންޓުތަކަކާއެކު ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯގެ އަހަރީ ސޭލް މިއަދު ފަށާނެ ކަމަށް އެކުންފުނިން ބުނެފިއެވެ. ...

އެމްއެންޕީގެ މެމްބަރުން އިތުރު ކުރުމަށް ހުޅުދޫއާއި މީދުއަށް ދަތުރެއްކޮށްފި

މޯލްޑިވްސް ނެޝަނަލް ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ގޮތުން ފާޓީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމާއި، އެޕާޓީގެ ލީޑަރޝިޕް ...

މާލެއިން 3 ވަނަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

މާލެއިން 3 ވަނަ ފަރާތެއް ކޮވިޑު-19 އަށް ޕޮޒިޓިވް ވެއްޖެކަމަށް އެޗްޕީއޭ އިން ރިޕޯޓުކޮށްފިއެވެ. މާލެއިން ތިންވަނަ މީހެއް ...