ރާއްޖޭގައި ޤައުމީ ދުވަހުގެ ގޮތުގައި ފުރަތަމަ ދުވަހެއް ފާހަގަކުރީ ހިޖުރައިން 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ މީލާދީން 4 ފެބްރުއަރީ 1946 އެވެ. އޭގެ ކުރިން ޤައުމީ ދުވަހުގެނަމުގައި ވަކި ދުވަހެއް ރާއްޖޭގައި ފާހަގަކުރިކަމެއް އެނގޭކަށް ނެތެވެ.

މިދުވަސް ފާހަގަކުރަނީ 15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވީ 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1ވަނަ ވިލޭރޭކަމަށްވާތީއެވެ. އެމަތިވެރި ނަޞްރު ދިވެހީންނަށް ހޯއްދަވައިދެއްވި އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ. ޤައުމީ ދުވަސް ނިސްބަތްވަނީ މިޙާދިސާއަށެވެ.
ޤައުމީ ދުވަސް އެކި ދައުރުގައި އެކި ގޮތްގޮތަށް ރާއްޖޭގައި ފާހަގަ ކުރަމުން އައިސްފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޮޓޯއިން ޚަބަރު:

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯއިން ފެނިވަޑައިގަންނަވަނީ މީދޫ މަގުތަކުގައި ހަދަމުންދާ ކާނުތަކުން ފެން ބޭރުކުރުމަށް ބަހައްޓާ ޕަންޕު ސްޓޭޝަން ...

ރަނިންގ މޭޓަކަށް ވުމަށް އިދިކޮޅުން ވެސް ހުށަހެޅި – ޑރ.ޝަހީމް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތައް ތަމްސީލުކުރާ ރިޔާސީ ކެންޑިޑޭޓުގެ ރަނިންގ މޭޓަކަށް ވުމަށް އިދިކޮޅު ފަރާތްތަކުން ...

އައްޑޫސިޓީގެ ރައީސް ކަމަށް ވަސީމު ވާދަކުރައްވަނީ

ޕާޓީގެ އެތެރެއިން އެމްޑީޕީގެ މެމްބަރުންނަށް ހައްގުވާ މިންވަރު ހޯދައި ދިނުމަށް   މަސައްކަތް ކުރާނެކަމަށްބުނެ  ފެށޭ މަހު 29 ...