މަރުވެފައިވާ އެއްޗެއްގައި އަތްނުލައްވާނެކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެވެ.
ރާއްޖެން ބޭރުގައި ހިމާޔަތް ހޯއްދަވައިގެން ގިނަ ދުވަސްތަކެއް ވަންދެން ހުންނެވުމަށްފަހު އެބުރި ރާއްޖެ ވަޑައިގެން ނޫސްވެރީންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު މިމޭރުމުން ވާހަކަފުޅު ދެއްކެވީ ރައީސް ޔާމީންގެ އިތުބާރުނެތްކަމުގެ މައްސަލައާއި މެދު ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް މަޒާޖީ ސިފައެއްގައި ޖަވާބު ދެއްވަމުންނެވެ.
ރައީސް ޔާމީނުގެ ވެރިކަމާބެހޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީނަށް ތުހުމަތު ކުރެވޭ ގިނަ މައްސަލަތަކުގައި ހެކި ހުރުމުން އެއީ ތަހުގީގުކޮށް ބަލަންޖެހޭ މައްސަލަތަކެއްކަމަށެވެ. އަދި އެމަނިކުފާނު ހުންނަވާ ސަރުކާރެއްގައި ޝަރީއަތް ހިންގާނީ އިސްލާމްދީނުގެ އުސޫލްތަކާ އެއްގޮތަށް ހާމަ ކަމާއެކުގައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ކޮރަޕްޝަނާ ވައްކަމުގެ މައްސަލަތައް ބަލަންޖެހޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
” ރިޟުވާނާ ، ޔާމީނާ ޑޮކްޓަރ އަފްރާޝީމްގެމަރު އެއީ ވަރަށް އަދިރިކަމުގެތެރޭގައިވާ ޝައްކާ ވަހުމުން ފުރިފައިވާ ކަންތައްތަކެއް . އެކަންކަމުގެ ހަގީގަތް ހޯދުމަށް ތަހުގީގުތައް އަޅުގަޑުމެން ހިންގާނަން . އަދި މިދެންނެވިހެން ތަހުގީގުތައް ކުރިއަށް ގެންދިއުމަށް އިންތިޒާމްތަކެއް އަޅުގަޑުމެން އެބަ ނިންމަންޖެހޭ . މިކަމާ ގުޅޭގޮތުން ޕާޓީތަކުގެ ލީޑަރުންނާއެކު ބާއްވާ މަޝްވަރާއާއި އަދި ގުޅިފައިވާ ޕާލަމެންޓްރީ ގްރޫޕްގެ މަޝްވަރާތަކާއެކު އެކަންތައްތަ ކުރިއަށް ގެންގޮސް އެކަމުގެ ޚަބަރުތައް އަޅުގަޑުހިތުން އެގްރޫޕްތަކުގެ ސްޕޯކުޕާސަނުން ނުވަތަ ސެކެސްޓްރީ ޖެނެރަލުން އެކަންކަމާގުޅޭ ބޭފުޅުންނާ ދައްކަވަމުން ގެންދަވާނެ. . ” އިއްޔެގެ ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.
ނޫސްވެރީންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީނާ ދެބަސްވާ ކޮންމެ މީހަކު ޖަލަށް ލަމުންދިޔަ ގޮތަކީ އެމަނިކުފާނު ގެންގުޅުއްވާނެ ސިޔާސީ ވިސްނުންފުޅެއްނޫންކަމަށް . އަދި ޖަލުގައި އޮންނަ ކޮންމެ މީހަކަށްވެސް ލިބެންޖެހޭ ބޭސްފަރުވާގެ ހައްގު ލިބެންޖެހޭނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި . އެގޮތުން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށްވެސް އެފުރުސަތު އޮންނަން ވާނެކަމަށްވެސް ނަޝީދު ވިދާޅުވި . މީގެ އިތުރުން ނޫސްވެރީންގެ ބައްދަލުވުމުގައި ނޫސްވެރީންގެ ގިނަ ސުވާލުތަކަށް ނަޝީދުވަނީ ޖަވާބުދެއްވާފައެވެ.
ކޮމެންޓްސް (0)