ސިޔާސީ ހަޔާތުގައި އަސްލަމް ބައިވެރިނުކޮށް، ކުރަންއޮތް އެއްވެސް ކަމެއް ނެތް: ނަޝީދު

 ސިޔާސީ ހަޔާތުގައި އަސްލަމް ބައިވެރިނުކޮށް، ކުރަންއޮތް އެއްވެސް ކަމެއް ނެތްކަމަށާ އެމަނިކުފާނާއެކު މަސައްކަތް ކުރެއްވުމަށް އަސްލަން ހުންނެވުމަށްއެދޭކަމަށް  ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެންވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށްގެންދިޔަ ”އާސްކް ސްޕީކާ“ ޕްރޮގްރާމުގައި އާންމު ފަރާތަކުން ރައީސް ނަޝީދަށް ހުށަހެޅި ސުވާލެއްގެ ޖަވާބުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު އަދިވެސް މެންބަރު އަސްލަމަށް ތާއީދުކުރައްވަންތޯ  ރައީސް ނަޝީދަށް ދެންނެވުނު މިސުވާލަށް ޖަވާބު ދެއްވަމުން  ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އަސްލަމަކީ ވަރަށް މަގުބޫލު ބޭފުޅެއް ކަމަށާއި، މަޖިލީހުގެ މެންބަރުންގެ ތެރެއިން އެންމެ ހަރުދަނާ އެއް ބޭފުޅާއަކީ އަސްލަމް ކަމަށް ނަޝީދު  ވިދާޅުވިއެވެ.

”އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި އަސްލަމް ބައިވެރިނުކޮށް، އަޅުގަނޑު ކުރަންއޮތް އެއްވެސް ކަމެއް ހަގީގަތުގައި ނެތް. އަޅުގަނޑު ވަރަށް ބޮޑަށް އެދެން އަޅުގަނޑާ އެކުގައި މަސައްކަތް ކުރެއްވުމަށް އަސްލަން ހުންނެވުމަށް.“

ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައިސް ނަޝީދު ވިދާޅުވީ އަސްލަމް އެމަނިކުފާނާ ދެކޮޅަށް މަސައްކަތް ނުކުރައްވާ ކަމަށާއި އަދި ނުވެސް ކުރައްވާނެ ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވިޔަސް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަސްލަމަކީ ރައީސް ޞާލިޙްގެ ސަރުކާރު ދިފާއުކުރެއްވުމަށް އެންމެ ބޮޑަށް ވާހަކަ ދައްކަވާ އެއް މެމްބަރުކަން ފާހަގަކޮށްލެވެއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފެނަކައިގެ އެމްޑީ، ޝަރީފު އިލެކްޝަނަށް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ...

އައްޑޫ ރައްޔިތުންނަށް އާމްދަނީ އިތުރުކުރެވޭނެ ކަންކަން ފަހިކޮށްދިނުން މިއަހަރުގެ ކައުންސިލްގެ ބަޖެޓްގައި

އައްޑޫސިޓީ ކައުންސިލުން 2018 ވަނަ އަހަރަށް ފާސްކުރި ބަޖެޓްގައި، އައްޑޫގެ އިގްތިސާދު ރަނގަޅު ކުރުމަށް ކަންތައްތަކެއް ކުރުމަށް ޓްރަސްޓް ...

ޘާނަވީ އިމްތިހާނުގެ ކާމިޔާބީ ފާހަގަކުރުމަށް ޚާއްސަހަރަކާތްތަކެއް ބާއްވައިފި

މިދިޔަ އަހަރު ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން، ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ޚާއްޞަ ޙަރަކާތްތަކެއް ...