ރާއްޖޭގެ ދަރަނި ނުދެއްކިދާނެ ކަމުގެ ބިރުވެރި ހާލަތެއް ނެތް: އަމީރު

ރާއްޖޭގެ ދަރަނި ނުދެއްކިދާނެ ކަމުގެ ބިރުވެރި ހާލަތެއް މިހާރަކު ނެތްކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ ކޮވިޑަށް ފަހުގައި ރާއްޖޭގެ އިގުތިސާދު ރަނގަޅުވެ, ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން އަންނަ ކަމަށެވެ.

އެ ގޮތުން ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށްކުރުމަށް ކަނޑައަޅާފައިވާ ޕްލޭންތަކާއި އެއްގޮތަށް ނަތީޖާ ހާސިލް ކުރެވެމުންދާ ކަމަށާއި, 2023 ވަނަ އަހަރު ނިޔަލަށް ހިލޭ އެހީއާއި ނުލައި ދައުލަތަށް ލިބޭ އާމްދަނީން ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުން ހިމެނޭ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އަންދާޒާކުރެވުނު ވަރަށް ވުރެ ވެސް އިގުތިސާދީ ހާލަތު ރަނގަޅުވަމުން އަންނައިރު, ދަރަނި ނުދެއްކިދާނެކަމުގެ ބިރުވެރި ހާލަތެއް ނެތް ކަމަށެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

“ކުދިން ތަރުބިއްޔަތުކުރުމަށް ފަހި މަގެއް” ފޮތް ރައީސްގެ އަނބިކަބަލުން ނެރެދެއްވައިފި

“ކުދިން ތަރުބިއްޔަތު ކުރުމަށް ފަހިމަގެއް” މިނަމުގައި އަޙްމަދު ފަޔާޟް ޙަސަން ލިޔުއްވާފައިވާ ފޮތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ...

މާފަރު އެއާޕޯޓްގައި އެކްސްކަވޭޓަރެއް ފުރޮޅާލައި މީހަކު މަރުވެއްޖެ

ނ. މާފަރު އެއާޕޯޓްގެ ރަންވޭގެ މަސައްކަތުގައި ބޭނުން ކުރަމުންދިޔަ އެކްސްކަވޭޓަރެއް ފުރޮޅާލައި ހިނގި ހާދިސާގައި މީހަކު މަރުވެއްޖެ އެވެ. ...

އައްޑޫގެ ހިމަބިހި ކޭސް: ކޮންޓެކްޓްވި މީހުންގެ ގައިން އަލާމާތެއް ނުފެނޭ

އައްޑޫ ސިޓީން ފެނުނު ހިމަބިހި (މީސަލްސް) ކޭސްއާއި ގުޅިގެން ކޮންޓެކްޓްވި މީހުންގެ ގޮތުގައި ފާހަގަކުރެވިފައިވާ އެއްވެސް މީހެއްގެ ފަރާތުން ...