ނަސްރުގެ ދުވަސް: ގައުމަށްޓަކައި އަހަރެމެންގެ މޭ އައްޑަނައަކަށް ދިއްކޮށްލުމަކީ މޮޓޯކަމުގައި ޚިޔާރުކުރަމާތޯ

އެންމެހައި ދިވެހިންނަށް އެނގިލައްވާނެހެން ނަސްރުގެ ދުވަހަކީ03 ނޮވެމްބަރު 1988 ވީ ދުވަހު ރާއްޖެ އަށް ކުރިމަތިވި ޓެރަރިސްޓް ހަމަލާއިން ދިވެހިންނަށް ކާމިޔާބު ލިބި ޓެރެރިސްޓުންނަށް ނާކާމިޔާބު ލިބުނު ދުވަހެވެ. އެހަމަލާއަކީ ދިވެހީންގެ ތެރެއިން ބަޔަކާއި ލަންކާ ބަޔަކާ ގުޅިގެން ރާއްޖެއަށްދިން ނުރައްކާތެރި ވަރުގަދަ އަދި މުޅިރާއްޖެ ފަހުގެ ޖީލް ތަކުގައި  ސިސުއްވާލި އެންމެ ބޮޑު ހަމަލާއެވެ.

އެދުވަހަކީ ދިވެހިންގެ ހިތް ތަކަށް ބިރުވެރިކަމާއި ނުތަނަވަސްކަން ވެރިވެގެން ދިޔަދުވަހެކެވެ. އެދުވަހު ދިވެހިން ދިޔައީ ދިވެހި ގައުމަށްޓަކާ އެންމެ ފަހުގެ ލޭތިއްކަށް ދާންދެންވެސް  ގުރުބާން ވަމުންނެވެ. ގައުމުގެ ދިފާއުގައި އައްޑަނަތަކެއްގެ ގޮތުގައި މޭ ދިއްކުރުމަށްވެސް ފަސްނުޖެހޭނެކަން އެދުވަހު ވަނީ މިގައުމުގެ ބަތަލުން  ސާބިތު ކޮށް ދީފައެވެ.

ދިވެހިންނަކީ އެކަކު އަނެކަކު ދެކެލޯބިވާ ބަޔެއްގޮތުގައި ތިބި ބަޔެއްކަމުގައި ވިއަސް މިއަދު މިފެންނަމުން ދަނީ އެދުވަހާއި މުޅިން ތަފާތު މަންޒަރު ތަކެކެވެ.

އެގޮތުން ހިތާމައާއެކު ފާހަގަ ކުރަންޖެހެނީ މިއަދު ދިވެހި ލޭ ހިނގާ ދިވެހި ދަރީން އެކަކު އަނެކަކުގެ ހަށިގަނޑާއި ފުރާނައަށް  ގެއްލުން ދެމުންދާ މަންޒަރުތައް ފެންނަމުން ދާކަމެވެ. މިކަމަކީ އެއްގޮތަކަށްވެސް ދިވެހީންގެ ސަގާފަތެއް ނުވަތަ އާދަކާދައެއް ނޫނެވެ. މިއީ މިފަދަދުވަހެއްގައި އަޅުގަނޑުމެން ފުންކޮށް ވިސްނާލަން ޖެހޭ ކަމެކެވެ. އެދުވަހު މާތްﷲ އިރާދަފުޅައި އެކު އެއިރުގެރާއްޖޭގެ ވެރިޔަކަށް ހުންނެވި އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ގެ މޭސްތިރިކަމުގެ ދަށުން މިގައުމުގެ  އަމާން އަމާން ކަން ބަލަހައްޓަމުން ގެންދަވާ ހިތްވަރުގަދަ ދިވެހި ސިފައިންނާއި އިންޑިޔާ ސިފައިން ގުޅިގެން، އަޅުގަނޑުމެންގެ މިފަހްރުވެރި ދިވެހި ގައުމު ޓެރެރިސްޓުންގެ އަތްދަށުން ސަލާމަތް ކޮށް ދިވެހި ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ވަނީ ގެނެސްފައެވެ.

އެދުވަހު ދިވެހި ގައުމަށްޓަކާ ދުޝްމަނުންނާ ދެކޮޅަށް ހަނގުރާމަ ކުރަށްވަނި ކޮށް ދިވެހީންގެ ތެރެއިން ބަޔަކު ވަނީ ޝަހީދުވެފައެވެ. އެޝަހީދުންގެ ތެރޭގައި ކުޅުދުއްފުށީގެ ހިތްވަރުގަދަ ބަތޮލެއް ކަމުގައިވާ ކުޅުދުއްފުށީ މާވާގެ ހުސެން އާދަމް ހިމެނުމީ މިދުވަސް ފާހަގަ ކުރަމުންދާއިރު އަހަރެމެން އަބަދުވެސް ފާހަގަ ކުރަންޖެހޭނެކަމެކެވެ. ކަންކަމުގައި ދޭދޭ ހިޔާލު ތަފާތުވުމުން ނުކުންނަ މައްސަލަތަކުން ދުރުވެ އެއްބައިވަންތަ ބަޔެއްގެ ގޮތުގައި ތިބުމަކީ މުސްތަގްބަލުގައި އައިސްދާނެ މިފަދަ ކަމަކުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅެކެވެ.

ގައުމަށްޓަކާ ޝަހީދުވެގެން ދިޔަ ޝަހީދުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށި. އާމީނ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނަމާދު ކުރުމާއި، ތައުބާ ވުމާއި، ޒިކުރު ކުރުމުގެ ތެރޭގައި ހޭދަ ކުރާ މައްސަރަކަށް ރޯދަ މަސް ހަދަމާ ހިންގަވާށެވެ.

ރަމަޟާން މަހަކީ ކޮންމެ އަހަރަކު އަޅުގަނޑުމެންނާ ބައްދަލު ކުރާ އުފާވެރި ފުއްސެވުމާއި ދިންނެވުމުގެ މައްސަރެކެވެ. އުފާވެރި މައްސަރަކަށް ވަނީ ...

އައްޑޫސިޓީގެ ހިތަދޫން އިތުރު 15 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

 އައްޑޫ ސިޓީގެ ހިތަދޫން މިއަދު އިތުރު  15 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ. މި 15 މީހުންގެ ...

މަސްތުވާތަކެތީގެ ހާއްޔެ ! އެންމެން ދަންނަ ބޮޑު ސިއްރެއް !

މުޅި ދުނިޔޭގެ ގިނަ ބައެއްގެ ދިރިއުޅުން ހަލާކުކުރުމުގައި ބޮޑުދައުރެއް އަދާކުރާ އެކައްޗަކީ މަސްތުވާ ތަކެއްޗެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ...