ހިތުގައި ވިންދުހިގާހާ ހިދަކު އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދަމަހައްޓާނެކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ބުރަކަށީގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަން ރާއްޖެން ބޭރަށް ވަޑައިގެން ރާއްޖެން ބޭރުން ހިމާޔަތް ހޯއްދަވައިގެން ހުންނެވުމަށްފަހު ދެއަހަރާ 9 މަހާ 14 ދުވަސްފަހުން  އެބުރި ރާއްޖެ ވަޑައިގެން ރަށްޔިތުންނާއި މުޚާޠަބްކުރައްވާ ވާހަކަ ފުޅު ދައްކަވަމުންނެވެ.

އިއްޔެ ރަށްޔިތުންނާ މުޚާތަބްކޮށް ވާހަކަފުޅު ދައްކަވަމުން  ރައީސް ނަޝީދު ވަނީީ އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތައް ފަހަތަށް ނުޖެއްސޭނެކަމަށްވެސް ވިދާޅުވެފައެވެ. އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިބޫގެ ސަރުކާރެއްގައި ގުޅިފައިވާ ޕާޓީތަކުން ވަރުބަލިކަމެއްނެތި މަސައްކަތް ކުރަމުންދާނީ ރަށްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައި ދިނުމަށްކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ދިވެހީން ހިތުގައި ވިންދުހިގާހާ ހިދަކު އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދަމަހައްޓާނެކަމަށެވެ.

މީގެ އިތުރަށް ރައީސް ނަޝީދުވަނީ އެމަނިކުފާނު ރަށްޔިތުންނަށް ދަރަނިވެރިވެފައިވާކަމަށް ސިފަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަށް ރާއްޖެއަށް އާދެވުނީ ރަށްޔިތުންގެ މަސައްކަތުންކަމަށާ އެކަން ރާއްޖެގެ ތާރީޚުގައި ރަންއަކުރުން ލިޔެވިގެންދާނެކަމަށް ގަބޫލް ކުރައްވާކަމަށެވެ. ނަޝީދު ވިދާޅުވީ ކުރިއަށްއޮތްތަނުގައި  ދެން ރާއްޖޭގެ ވެރިކަން ޚުދުމުޚްތާރުވެރިކަމަކަށް ދިޔަދީގެން ނުވާނެކަމަށެވެ. މީގެ އިތުރުން އެކަކު އަނެކެއްގެ ކިބައިން ހިތްވަރުލިބިގެން އަންނަން އޮތް ޖީލުތަކަށް މިވެރިކަން ދެމިގެންދާނެގޮތަކަށް މަސައްކަތް ބައްޓަންކުރުމަށްވެސް ރައީސް ނަޝީދު އިއުތިމާސްކުރެއްވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިސްލާމްދީނާ ދެކޮޅު ވެރިކަމެއް ޤާއިމްކުރުމަށް ގޮވާލުމުން ޝަހީދުއަށް ފާޑުކިޔުން އަމާޒުވެއްޖެ

އިސްލާމް ދީނާ ދެކޮޅު ވެރިކަމެއް ރާއްޖޭގައި ޤާއިމްކުރުމަށް ގޮވާލުމުން، އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރ ޑރ. އަހުމަދު ޝަހީދުއަށް ...

މަސީހު މަޖިލިހުގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފި

މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހު އިސްތިއުފާ ދެއްވައިފި އެވެ. މަސީހު މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައިވަނީ މީގެ ...

އައްޑޫގެ ލޮކްޑައުން ނިމުމަކަށް ގެނެސްފި

އައްޑޫސިޓީގައި އިއުލާން ކުރި ފުރަބަނދު އުވާލައިފިއެވެ. އައްޑޫ ސިޓީން ބޭސްފަރުވާއަށްމާލެ ގެންދިޔަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ...