އައްޑޫ ސިޓީ ހޮސްޕިޓަލް ތަރައްޤީ ކުރާނީ ޓަރޝަރީ ފެންވަރުގެ ކަށީގެ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލެއްގެ ގޮތުގައި – ޑރ. ޙަބީބް

އައްޑޫ ސިޓީ ހޮސްޕިޓަލް ތަރައްޤީ ކުރާނީ ޓަރޝަރީ ފެންވަރުގެ ކަށީގެ ޚާއްޞަ ހޮސްޕިޓަލެއްގެ ގޮތުގައިކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.މުހައްމަދު ޙަބީބް ވިދާޅުވެއްޖެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކުރެވުނު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ޑރ. ހަބީބް ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ ކޮންވެންޝަން ސެންޓަރުގަ ސަރުކާރުން ތަރައްޤީކުރަމުންދާ ހޮސްޕިޓަލްވެގެންދާނީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކަށީގެ ބަލިތަކަށް ފަރުވާދޭނެ ހޮސްޕިޓަލަށްކަމަށެވެ.

“އަޅުގަނޑުމެން ޕްލޭން ކޮށްފަަ އޮތީ އައްޑު އަތޮޅުގެ އަލަށް މިއަންނަ ހޮސްޕިޓަލް ޚާއްޞަ ވެގެން ދާނީ ކަށީގެ ކަންތަކަށް ނުވަތަ އޮތޮޕީޑިކް ސެންޓްރޮމޯ ސާރޖަރީއަށް. އެއީ މިތަނަކީ އެންމެ ގިނައިން އަނިޔާވެ އެކަހަލަ ކަންތައް ދިމާވާ ތަނަކަށް ވެފަ، ބޮޑު އާބާދީއެއް އޮންނަ ތަނަކަށް ވީމަ މި އަތޮޅު ރީޖަނަލް ހޮސްޕިޓަލް ޑިވެލޮޕް ވާނީ ސެންޓަރ އޮފް އެކްސެލެންސް ފޯ އޮތޮޕީޑިކް ސެންޓްރޮމޯ ސާރޖަރީއަށް. އަދި އެހެން ހުރިހާ ސްޕެޝަލިޓީސް ތައްވެސް ހުންނާނެ. އެކަމަކު ރާއްޖޭގެ އެންމެ ރަނގަޅަށް ކަށީގެ ކަންތައް ކުރާ ތަނަކަށް މިތަން ވެގެންދާނެ.” ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

އައްޑޫސިޓީއަކީ ގިނަ ޢަދަދެއްދެ އެކްސިޑެންޓް ހިނގާ ސިޓީއެއްކަމުން ތަރައްޤީ މިކުރާ ހޮސްޕިޓަލަކީ ކަށީގެ ޚާއްޞަ ތަނަކަށް ވުމުން ރައްޔިތުންނަށް ފަރުވާ ހޯދުމުގައި ލުއި ފަސޭހަވެގެންދާނެކަމަށް ޑރ. ހަބީބް ވިދާޅުވިއެވެ.

އައްޑޫސިޓީގެ ކޮންވެންޓަން ސެންޓަރު 100 އެދުގެ ޓަރޝަރީ ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައެވެ. ސަރުކާރުން އައްޑޫސިޓިގައި ޤާއިމު ކުރާ މި ހޮސްޕިޓަލަކީ ސަޢޫދީ ފަންޑާއި، އޯޕެކްގެ ލޯނުގެ އެހީގައި ޤާއިމުކުރާ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލް ފަރުމާކޮށްފައިވަނީ ހުރިހައި ބަލިތަކައް ފަރުވާދެވޭ ގޮތައް ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫސިޓީން އިތުރު 125 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

އައްޑޫސިޓީން އިތުރު 125 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ އައްޑޫން އިތުރު 125 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އައްޑޫން ...

ރާއްޖެއިން އޮމިކްރޯންގެ ކޭސްއެއް ފެނިއްޖެ

ކޯވިޑް-19ގެ އެންމެ ފަހުން ފެނުނު ވޭރިއަންޓް، އޮމިކްރޯން ގެ ކޭސްއެއް ރާއްޖެއިން ފެނިއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ...

ކޮވިޑް- 19 މި ހަފްތާގައި 5 މީހަކު މަރުވެއްޖެ

ކޮވިޑް ޖެހިގެން މި ހަފްތާތެރޭގައި ފަސްވަނަ  މީހަކު މަރުވެއްޖެއެވެ. އޭގެ ތެރެއިން ދެ މީހުން މަރުވީ މިއަދެވެ އެޗްޕީއޭ ...