ތިލަމާލެ ބްރިޖްގެ މަސައްކަތް ފަށައިފި

ރައީސް އިބްރާހީމް މުހައްމަަދު ސޯލިހް މިހާރު އިންޑިއާ އަށް ކުރައްވާ ދަތުރުގެ ތެރެއިން އެ ގައުމުގެ އެހީގައި އަޅާ ތިލަމާލެ ބްރިޖްގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެ މަސައްކަތް ފަށާފައި ވަނީ އަންގާރަ މެންދުރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެގޮތުން ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތު ބާވާފައި ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިންޑިއާގަ އާއި މާލޭ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގަ އެވެ.

މި ރަސްމިއްޔާތުގެ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގައި ބޭއްވި ހަފުލާގައި ނައިބު ރައީސް ފައިސަލް ނަސީމާއި ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އިރު، ރައީސާއި މޯދީ ބައިވެރިވެވަޑައިގެންނެވީ ވާޗުއަލްކޮށެވެ.

ބްރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން، ވަނީ ރާއްޖޭގައި ބްރިޖުގެ ތަނބެއްގެ ކޮންކްރީޓް އަޅައިފަ އެވެ. މި ބްރިޖަކީ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލައި ގްރޭޓާ މާލެ ބްރިޖު ޕްރޮޖެކްޓްގެ ދަށުން މާލެ އާއި ވިލިމާލެއާ ދެމެދު އަޅާ ބްރިޖެވެ.

މި ބްރިޖްގެ މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހޭދަވާނެ އެވެ. މި މަޝްރޫއަށް ސަރުކާރުން އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވެ އެވެ. އަދި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ޕްރޮޖެކްޓަށް ހޭދަކުރެ އެވެ.

ޖުމްލަ 6.7 ކިލޯމީޓަރުގެ ތިލަމާލެ ބްރިޖްގެ މަސައްކަތާ ހަވާލުވެފައި ވަނީ އިންޑިއާގެ އެފްކޮންސް އިންސްފްރާސްޓްރަކްޗާ ލިމިޓެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނިޔާވި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ނިޔާވެގެން އައިޖީއެމްއެޗަށް ގެންދިޔަ ބިދޭސީ އަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ތަަސްލީމާ އުސްމާން ...

ސިއްޙީ ނިޒާމްގެ ތާރީޙްގެ ތެރެއަށް ވަދެގެންދާނެ އެއްކަމަކީ އައިޖީއެމްއެޗްގައި ޑޮކްޓަރުންގެ އިންޓާންޝިޕް ފެށިގެން ދިއުން – ނާޒިމް

ދިވެހިރާއްޖޭގެ ތާރީޚްގައި ސިއްޙީ ނިޒާމަށް އިންގިލާބީ ބަދަލެއް މިސަރުކާރުން ގެނެސްދީފައިވާއިރު، ސިއްޙީ ނިޒާމްގެ ތާރީޚްގެ ތެރެއަށް ވަދެގެންދާނެ އެންމެ ...

އަބްދުﷲ ސައީދުއާއި އަލީހަމީދު އަދި ނިހާން އާއި މުހުތާޒު ގޭބަންދަށް ބަދަލުކޮށްފި

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ޕީޖީ ...