ގަންބުރި ޗެލެންޖް 2018 – ފަރުހާދުގެ ލަނޑުން ޕޮލިސްގެ މައްޗަށް ޓޫ ބްރަދާސް ކުރި ހޯދައިފި

ގަންބުރި ޗެލެންޖް 2018 ގެ ނަމުގައި މިހާރު މީދޫގައި ކުރިއަށް ގެންދާ ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅެވުނުމެޗް ޓޫ ބްރަދާސްއިން ކާމިޔާބުކޮށްފިއެވެ.

އިއްޔެ ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މިމެޗް ޓޫ ބްރަދާސްޓީމުން ކާމިޔާބުކޮށްފައިވަނީ ހުޅުމީދޫ ޕޮލިސްޓީމާ ވާދަކޮށް 1 ލަނޑު 0 ލަނޑުން މޮޅުވެގެންނެވެ.

މިމެޗްގައި ޓޫ ބްރަދާސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ ފަހުހާފްގައި ކާމިޔާބުކޮށްދިނީ ފަރުހާދެވެ.

އަދި މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީވެސް ފަރުހާދެވެ.

އިއްޔެމެޗްގެ މޮޅު ކުޅުންތެރިޔާ ފަރުހާދުއާއި ޕޮލިސްޓީމުގެ ޔާސީން

މިމެޗުން ޓޫ ބްރަދާސް މޮޅުވުމުން އެޓީމަށް 2 މެޗު ކުޅެގެން 4 ޕޮއިންޓް ލިބިފައިވާއިރު އިއްޔެ މެޗުން ދެރަވި ޕޮލިސްޓީމަށް ދެމެޗުން ލިބިފައިވަނީ 3 ޕޮއިންޓެވެ.

މިމުބާރާތުގައި ކުޅެފައިވާ އެހެން މެޗްތަކަށް ބަލާއިރު މިމުބާރާތުގައި ބައިވެރިވި މީދޫގެ ކުރީގެ މަޝްހޫރު ކުޅުންތެރީންހިމެނޭ އެފްސީ ޝައުގާއި ޒުވާން ކުޅުންތެރީން ހިމެނޭ ގައުމު ޖޫނިއާސް ބައްދަލުކުރިމެޗް 4 ލަނޑު 0 ލަނޑުން ކާމިޔާބުކޮށްފައިވަނީ ގައުމު ޖޫނިއާސްއެވެ.

މިމުބާރާތުގައި މިއަދު ކުޅެވޭމެޗްގައި ބައްދަލުކުރާނީ ގައުމު އެފްސީއާއި އެފްސީ ޝައުގެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައިވީ މިކްސް ވޮލީ މުބާރާތް- މީދޫޓީމް ކުޅޭ ސެމީފައިނަލްމެޗްގެ ކުޅުން މިއަދު ހަވީރު އޮންނާނެ

” އައިވީ މިކްސްޑް ވޮލީ މުބާރާތުގެ  ” ގެ ސެމީފައިނަލްގެ ފުރަތަމަމެޗްގައި މީދޫ ވޮލީޓީމް ކުޅޭމެޗްގެ ކުޅުން މިއަދު ...

ފުވައްމުލަށް ސިޓީ ޕޮލިސް ފައިނަލަށް، ތިން ވަނަ ސެމީގައި އައްޑޫޕޮލިސް އާއި ގދ. ޕޮލިސް

މިހާރު މީދޫގައި ހިގަމުންދާ ސައުތު ބްލޫޒް އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ސީދާ ޖާގަ ފުވައްމުލަށް ސިޓީ ޕޮލިސް ...

ފެނަކަވެސް ގައުމީ ޓީމާއެކު

މިމަހު 1 ގައި ފަށައިގެން 16 ގެ ނިޔަލަށް ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ...