މިމަހު 1 ގައި ފަށައިގެން 16 ގެ ނިޔަލަށް ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމާއެކު ތިބިކަން ފެނަކައިންވެސް ހާމަކޮށްފި އެވެ.

މިކަން ހާމަކޮށް ފެނަކައިން ބުނީ މިފަހަރުވެސް ފެނަކައިގެ އެންމެހާ މުވައްޒަފުން ގައުމީ ރޫހާއި، ގައުމީ ޖޯޝާއި، ގައުމީ ފޯރީގައި މިތިބީ ގައުމީ ޓީމާ އެކުގައި ކަމަށެވެ

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދަނީ ރާއްޖޭގެ ގަލޮޅު ދަނޑުގަ އެވެ. މިއީ ރާއްޖޭގައި މިމުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. މުބާރާތުގެ 4 މެޗެއް މިހާތަނަށް ކުޅެވިފައިވާއިރު ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާއި ސްރީލަންކާ ބައްދަލުކުރި މެޗު 1 – 1 ން ކާމިޔާބުކުރީ ބަންގްލަދޭޝްއިންނެވެ.

ދެވަނަ މެޗުގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗު 1 – 0 ން ކާމިޔާބުކުރީ ނޭޕާލުންނެވެ. ތިންވަނަ މެޗުގައި އިންޑިއާ އާއި ބަންގްލަދޭޝް އެއްވަރުވިއިރު ހަތަރުވަނަ މެޗުގައި ނޭޕާލުން ވަނީ 3 – 2 ން ލަންކާގެ މައްޗަށް ކުރި ހޯދައިފި އެވެ.

މުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާނީ އިންޑިއާ އާއި ލަންކާ އެވެ. އަދި މި ރޭ ބައްދަލުކުރާނީ ރާއްޖެއާއި ބަންގްލަދޭޝް އެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ޔޫތު ޗެލެންޖް ކަޕް 2020 : ހުޅުދޫ ޒުވާން ޓީމު ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެ

މީދޫގައި މިހާރު ހިގަމުންދާ 20 އަހަރުން ދަށުގެ އައްޑޫ ޔޫތު ޗެލެންޖް ކަޕް 2020 ފުޓްބޯޅަ މުބާރާތުގައި ހުޅުދޫ ...

ސ. ހުޅުމީދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

އައްޑޫ ސިޓީ ހުޅުމީދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރަތް ހެދުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. ޖުލައި 11 ވަނަ ދުވަހު  މިނިސްޓްރީ ...

އެމްއީސީ ބަދަހިކަޕް- ޓީމް ހުދުހުދާއި ހުޅުދޫ ޔޫތު ބައްދަލުކުރާ ފޯރިގަދަމެޗް މިރޭ

އެމްއީސީ ނެޓްބޯޅަ މުބާރާތުގައި މިރޭ ފޯރިގަދަ މެޗެއް ކުޅެވޭނެއެވެ. މިމެޗްގައި ބައްދަލުކުރާނީ ގްރޫޕް އޭ އިން ސެމީފައިނަލަށް ހޮވިފައިވާ ...