އައިވީ މިކްސް ވޮލީ މުބާރާތް- މީދޫޓީމް ކުޅޭ ސެމީފައިނަލްމެޗްގެ ކުޅުން މިއަދު ހަވީރު އޮންނާނެ

” އައިވީ މިކްސްޑް ވޮލީ މުބާރާތުގެ  ” ގެ ސެމީފައިނަލްގެ ފުރަތަމަމެޗްގައި މީދޫ ވޮލީޓީމް ކުޅޭމެޗްގެ ކުޅުން މިއަދު ހަވީރު އޮންނާނެއެވެ.

މަރަދޫފޭދޫ ވޮލީކޯޓްގައި ކުޅެވޭ މިމުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަމެޗްގައި މިއަދު ހަވީރު ބައްދަލުކުރާނީ މީދޫ ވޮލީޓީމާއި  ފޭދޫ ވޮލީޓީމެވެ.

ސެމީފައިނަލްގައި މީދޫޓީމާއި ވާދަކުރާނެޓީމަށް ފޭދޫ ވޮލީޓީމް ހޮވިފައިވަނީ މިމުބާރާތު އެޓީމް ކުޅުނު ހަމައެކަނިމެޗްކަމަށްވާ މަރަދޫފޭދޫ “އޯލްސްޓަރ “ޓީމާއި ބައްދަލުކޮށް ކުޅުނުމެޗުން 3 ސެޓް 1 ސެޓުން މޮޅުވުމާއި ގުޅިގެންނެވެ. މިމުބާރާތުގެ މެޗްތަކުގެ ރޭވިފައިއޮތީ ފޭދޫ ވޮލީޓީމް 1 މެޗުން މޮޅުވުމުންވެސް ސެމީފައިނަލަށް ހޮވޭގޮތަށެވެ.

ފޭދޫ ވޮލީޓީމް- ފޮޓޯ: ޒަވިޔަނީ އެމްވީ

މީދޫ ވޮލީޓީމް މިމުބާރާތުގެ ސެމީފައިނަލަށް ހޮވުނީ އެޓީމް މިމުބާރާތުގައި ކުޅުނު 2 މެޗުންވެސް މޮޅުވެގެންނެވެ. އެޓީމް ކުޅުނު ފުރަތަމަމެޗްގައި މަރަދޫފޭދޫ ޓީމާ ބައްދަލުކޮށް ވާދަވެރި ކުޅުމަކަށްފަހު  3 ސެޓް 2 ސެޓުން މޮޅުވެފައިވާއިރު އެޓީމު ކުޅުނު 2 ވަނަ މެޗްގައި ފޭދޫ ފާހި ސްޕޯޓްސް ކްލަބާ ބައްދަލުކޮށް މޮޅުވެފައިވަނީ ސީދާ ތިން ސެޓުންނެވެ.

ފޭދޫޓީމާއި މީދޫޓީމް ސެމީފައިނަލްގައި ބައްދަލުރާމެޗްގެ ކުޅުން އޮންނާނީ މިއަދު ހަވީރު 4:00 ގައި މަރަދޫފޭދޫ ވޮލީކޯޓްގައެވެ.

މިމެޗްގެ ކުޅުން ” ޒަވިޔަނި އެމްވީ ” ން ފޭސް ބުކް މެދުވެރިކޮށް ލައިވްކުރާގޮތައްވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގައި މަރަދޫފޭދޫ ވޮލީޓީމާއި ފޭދޫ ފާހި ސްޕޯޓްސް ކްލަބް ބައްދަލުކުރާ ސެމީފައިނަލްގެ ދެވަނަމެޗްގެ ކުޅުން އޮންނާނީ މާދަމާ ހަވީރު މަރަދޫފޭދޫ ވޮލީކޯޓްގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދިވެހި ރައްޔިތުންނަށް ވާނުވާ ވަރަށް ސާފް – ނިހާދު

ސިވިލްސާވިސްގެ ގާނޫނަށް އިސްލާހުގެނެސް ފާސްކުރީ 2015 ވަނައަހަރުކަމަށާ އަދި އޭރު އެކަންކުރީ ކުއްލިއަކަށް އަވަސް އަރުވާލައިގެން ކަމަށް ފޭދޫދާއިރާގެ ...

މީދޫ ގެއަކަށް ވަދެ، ދެ އަންހެނަކަށް އަނިޔާ ކުރިމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ސީނު މީދޫ ސަންބީމުއަށް ރޭ ދަންވަރު މީހަކު ވަދެ، އެގޭ ރަމީޒާއާއި ރަމީޒާގެ މަންމަ ފާތުމަތުދީދީ އަނިޔާކޮށްފިއެވެ. މީދޫ ...

އެލްކްލެސިކޯ މެޗް ބާސާ ބަލިކޮށް ރެއާލް ކާމިޔާބުކޮށްފި

ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެރޭ ކުޅެވުނު އެލް ކްލެސިކޯ މެޗުގައި ބާސެލޯނާ ބަލިކޮށް ރެއާލްމެޑްރިޑް މެޗް ކާމިޔާބުކޮށްފިއެވެ. މިމެޗް ...