ދަށުކޯޓުން ރައީސް މައުމޫން ޖަލަށް ލުމަށް ކުރި ޙުކުމް، ހައި ކޯޓުން ބާތިލުކުރުމާއެކު އެމަނިކުފާނު މިނިވަންވެއްޖެ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްގައްޔޫމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް، ހައި ކޯޓުން ބާތިލުކޮށްފިއެވެ.

އެއް އަހަރާއި، ހަތް މަހާއި، ހަ ދުވަހަށް ރައީސް މައުމޫނު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް ބާތިލުކޮށްފައިވަނީ އެ މައްސަލައިގައި ރައީސް މަޢުމޫންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށައެޅުއްވި އިސްތިޢުނާފުގެ މައްސަލަ ނިންމައި އިއްވި ހުކުމުގައެވެ.

މި މައްސަލަ ނިންމައި ހައިކޯޓުން މިއަދު ކޮށްފައިވާ ޙުކުމުގައި ބުނެފައިވަނީ  ރައީސް މައުމޫން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުގައި ޢަމަލުކުރި އިޖުރާޢަތުތައް ގޯސްކަމަށެވެ. އެގޮތުން ކްރިމިނަލް ކޯޓުން ޝަރީއަތް ހިންގުމުގައި އަމަލުކުރި އިޖްރާއާތެއް ރަނގަޅު ނޫން ކަމަށް ދައުލަތުން ހައި ކޯޓުގައި އެއްބަސްވެފައިވާކަމަށާއި، އެމަނިކުފާނުގެ ވަކީލުން ދަށު ކޯޓުގައި މައްސަލަ ދޫކޮށްލުމުން އެހެން ވަކީލުން އައްޔަން ކުރަން އެމަނިކުފާނަށް ދަށު ކޯޓުން ދިނީ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށްވެސް ދައުލަތުން ހައި ކޯޓުގައި އެއްބަސްވެފައިވާކަން ވަނީ ފާހަގަކޮށްފައިވެއެވެ.

ކުރީގެ ރައީސް މައުމޫންގެ މައްޗަށް ދައުލަތުން 2 ދަޢުވާއެއް އުފުލާފައިވާއިރު، މީގެ ތެރެއިން ފުލުހުން ތަޙްޤީޤްކުރަމުންދާ މައްސަލައަކާގުޅިގެން ތަޙްޤީޤަށް ފޯނު ނުދެއްވި މައްސަލާގައި، ރައީސް މައުމޫން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ، ދައުލަތުން އުފުލި ޢަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސްއެޅުމުގެ ދަޢުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވުމާއި ގުޅިގެންނެވެ.

އެހެންނަމަވެސް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމަކީ ޤާނޫނުއަސާސީއާއި، ޤާނޫނީ އިޖްރާއަތްތަކާއި، ޝަރުޢީ އިޖްރާއަތްތަކާއި ޚިލާފަށް އިއްވާފައިވާ ހުކުމެއްކަމަށް ފެންނާތީ އިސްތިއުނާފް މައްސަލާގައި ހައި ކޯޓުން ވަކިގޮތެއް ނިންމަންދެން ޖަލުބަންދުގައި ބެހެއްޓުމަކީ އިޢާދަ ނުކުރެވޭނެ ގެއްލުން ތަކެއް ލިބިދާނެކަމެއްކަމަށް ވިދާޅުވެ ރައީސް މައުމޫނު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެމަނިކުފާނުގެ ވަކީލުން ހައިކޯޓުގައި އެދުމުން، ހައިކޯޓުން މިދިޔަމަހުގެ 30 ވަނަ ދުވަހު ވަނީ ރައީސް މަޢުމޫން ކަފާލާތުގެ ދަށުން މިނިވަންކޮށްފައެވެ.

ދަށުކޯޓުން ރައީސް މައުމޫން ޖަލަށް ލުމަށް ކުރި ޙުކުމް، ހައި ކޯޓުން ބާތިލުކުރުމާއެކު އެމަނިކުފާނުވަނީ މިހާރު މިނިވަންވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުނަދޫގައި ތެޔޮ ރައްކާކުރުން ހުއްޓާލާ ބިޒްނަސް ހޮޓަލަކަށް ބަދަލުކުރާނަން: ރައީސް

މާލޭ ކައިރީގައި އޮތް ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ތާނގިތައް އެހެން ތަނަކަށް ބަދަލުކޮށް ވިޔަފާރިއާއި ޒަމާނީ ހޮޓަލަކާއެކު ...

ޝާހިދަށް ދިވެހި ދައުލަތުގެ އިއްޒަތް ހައްގު: ނަޝީދު

އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ދިވެހި ދައުލަތުގެ އިއްޒަތް ހައްގު ...

މިއަދު މީދޫގައި ހުކުރު ކުރާ މިސްކިތްތަކާއި އެމިސްކިތްތަކުގައި އިމާމްވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 27 މާރޗް 2020 ވަނަ ދުވަހު )  މީދޫގައި ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި ...