“ދަރުމަވަންތަ ހޮސްޕިޓަލް އަންނައަހަރު ކުރީކޮޅު ހުޅުވޭވަރުވާނެ އަދި އައްޑޫގައި ޤާއިމުކުރާ ޓަރޝަރީ ހޮސްޕިޓަލް އަންނަ ޑިސެމްބަރ މަހާހަމައަށް ނިންމޭނެ”

މިހާރުކުރިއަށްދާ މަސައްކަތްތަކަށް ބުރޫނާރައި ކުރިއަށްގެންގޮސްފިނަމަ ދަރުމަވަންތަ ހޮސްޕިޓަލް މިއަންނަ އަހަރުގެ ކުރީކޮޅު ހުޅުވޭވަރު ވާނެކަމަށާ އަދި އައްޑޫގައި ޤާއިމުކުރާ ޓަރޝަރީ ހޮސްޕިޓަލް އަންނަ ޑިސެމްބަރ މަހާހަމައަށް ނިންމޭނެކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިހެން ވިދާޅުވީ ޕީއެސްއެމްނިއުސްގެ އެންމެ ފުރަތަމަ ޤައުމު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ހެލްތް މިނިސްޓަރ ނާޒިމް  ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުން ލަސްވެގެންދަނީ ބޭރުޤައުމުތަކުން މެޝިނަރީސް އެތެރެކޮށް އިންސްޓޯލްކުރުމުގައި ދިމާވާ ދަތިތަކުގެ ސަބަބުންކަމަށެވެ.

ޕީއެސްއެމްނިއުސްގެ އެންމެ ފުރަތަމަ ޤައުމު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީންގެ ރިޔާސީ ދައުރުގައި ރާއްޖޭ ތަރައްޤީކުރުމަށް ކުރެއްވި މަސައްކަތްތަށް އެއްވެސް މެދުކެނޑުމެއްނެތި ފޯރުކޮއްދިނުމަކީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ލާޒިމް ކަމެއްކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލާއި އައްޑޫގައި ޤާއިމުކުރުމަށް ނިންމާފައިވާ ހޮސްޕިޓަލަކީ ދިވެހިންގެ އުންމީދުތަކާ ގުޅިފައިވާ ތަންތަންކަމަށާ މިތަންތަނުގެ ޚިދުމަތްތަށް ފުރިހަމައަށް ފޯރުކޮއްދިނުމުގައި ކުރިއަށް އޮތް ސަރުކާރުގެ ސިޔާސަތުތައް މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދެމެހެއްޓެނިވި ތަރައްޤީއެއް ރާއްޖެއަށް ގެނެވޭނީ ދުރުވިސްނުމުގެ ސިޔާސަތެއްގެތެރެއިން ފިއްތުންތަކުން އެއްކިބާވެ އެއިރަކު ހުންނަ ވެރިޔަކު މަސައްކަތްކުރައްވައިގެންކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައިވެސް ހައްލު ހޯއްދަވައިދެއްވުމަށް ހެލްތް މިނިސްޓަރ ގޮވާލެއްވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދުން ގޯތި ދިނުމަށް ނިންމާފައިވާ ގޮތާއި މެދު ކަންބޮޑުވުން ތަކެއް

މީދުން ގޯތި ދިނުމަށް ނިންމާފައިވާ ގޮތާއި މެދު ކަންބޮޑުވުން ތަކެއް ހުރުމާއި ގުޅިގެން މީދޫގެ ރަށްޔިތުންގެ ތެރެއިން ބަޔަކު ...

ކުޅުދުއްފުށީ ޓާފް ދަނޑުހުޅުވުގެ މެޗަށް ގައުމީ ޓީމް ކުޅުދުއްފުއްޓަށް

ކުޅުދުއްފުށީގައި ސަރުކާރުން އެޅި ޓާފް ދަނޑު ހުޅުވުމުގެ ގޮތުން ކުޅެވޭ ފުޓްބޯޅަ މެޗްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި، ...

އުލިގަމުން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ

ހއ.އުލިގަމުން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހާއަކީ މާލެ އިން ކަނޑުމަގުން ...