ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހިތަދޫން ޒުވާނަކު ހައްޔަރުކޮށްފި

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު އައްޑޫ ސިޓީން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެނެއްކަމަށެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ހިތަދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުން ކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މިއަދު ހަވީރުކަމަށެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހިތަދޫގެ އީދިގަލިކިޅި ސަރަޙައްދުން މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 4 ރަބަރު ޕެކެޓް ފެނުނުކަމަށެވެ.

ފުލުހުން ބުނީ މިމައްސަލަ ސ. ހިތަދޫ ޕޮލިސް ސްޓޭޝަނުން މިހާރު ތަހުގީޤްކުރަމުންދާކަމަށެވެ

ޚަބަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ ބަނދަރުގެ 68 އިންސައްތަ މަސައްކަތް ނިންމައިފި

ސ.ހުޅުދޫގައި އަލަށް ތަރައްޤީކުރާ ބަނދަރުގެ 68 އިންސައްތަ މަސައްކަތް ނިންމައިފިއެވެ. އެމްޓީސީސީން ބުނެފައިވަނީ ސ. ހުޅުދޫ ބަނދަރު ތަރައްޤީ ...

ޤައުމު އަޅުވެތިކުރަން ގޮވާލާ އެކަމަށް ހިތްވަރުދިނުމަކީ ބޮޑު ފާފައެއް- ޖަމްޢިއްޔަތުއް ސަލަފް

ދިވެހި ޤައުމު އަޅުވެތިކުރުމަށް ބޭރުގެ ފަރާތްތަކަށް ދަޢުވަތު ދީ، ހިތްވަރުދިނުމަކީ ޚިޔާނާތްތެރި އަނިޔާވެރި އަމަލެއް ކަމަށްބުނެ، ޖަމްޢިއްޔަތުއް ސަލަފުން ...

ހިތަދޫއާއި ، ކުޅުދުއްފުށީގައި އާސަންދައިގެ ޑެސްކެއް

އާސަންދައިގެ ޚިދުމަތްތައް ފަސޭހަކުރުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ހިތަދޫގައި ހުންނަ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި އާސަންދައިގެ ޑެސްކެއް ޤާއިމުކޮށް ...