އާސަންދައިގެ ޚިދުމަތްތައް ފަސޭހަކުރުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ހިތަދޫގައި ހުންނަ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި އާސަންދައިގެ ޑެސްކެއް ޤާއިމުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ. މި ޚިދުމަތް ފަށާފައި ވަނީ މދިޔަ ބުރާސްފަތި ދުވަހުއެވެ.

ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އާސަންދައިގެ ޚާއްސަ ޚިދުމަތްތައް ހޯދުމުގައި މީގެކުރިން އޮތީ، މާލޭގައި ހުންނަ އޮފީހަށް ވަރަށް ބޮޑަށް ބަރޯސާ ވާންޖެހޭ ގޮތައްކަމަށެވެ. މީގެ ސަބަބުން، ކުއްލި ޙާލަތްތަކާއި އަވަސް ނިންމުންތައް ނިންމުމުގައިވެސް ހޮސްޕިޓަލްތަކާ ސިއްޙީ މަރުކަޒުތަކަށް ދަތިތަކާ ކުރިމަތިވާކަމަށެވެ.

ކުޅުދުއްފުއްޓާއި އައްޑޫ ސިޓީ ހޮސްޕިޓަލްގައި ޤާއިމުކުރި އާސަންދައިގެ ޑެސްކާއެކު، އެހީތެރިކަން ހޯދުމަށް ކުރާ މަސައްކަތުގައި ބޮޑު ލުއިފަސޭހައެއް ލިބޭނެއެވެ. އަދި ޚިދުމަތްތައް އަވަސްވެ، ބަލިމީހުންގެ ފަރުވާއާއި ގުޅޭ ނިންމުންތައް ނިންމުމަށް އަވަސްވާނެއެވެ. އަތޮޅުތަކުގައި އާސަންދައިގެ ޚާއްސަ ޚިދުމަތެއް ގޮތުން އެންމެ ގިނައިން ހޯދަނީ، ބަލިމީހުން އެއްތަނުން އަނެއް ތަނަށް އުފުލަން ކުރަންޖެހޭ މަސައްކަތެކެވެ.

މިއުވާން ވިދާޅުވީ އާސަންދައިގެ ޑެސްކުތައް ޤާއިމުކުރެވުމަކީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގުމަށް ސަރުކާރުން ކުރާ މަސައްކަތަށްވެސް ލިބުނު ކުރިއެރުމެއްކަމަށެވެ. އަދި ސަރުކާރުގެ ޢަމާޒަކީ މި ޚިދުމަތް އަތޮޅުތަކުގެ އިތުރު ހޮސްޕިޓަލްތަކާ ސިއްޙީ މަރުކަޒުތަކަށް ފުޅާކުރުންކަމަށެވެ

ރަށްރަށުން އަތްފޯރާ ލުއިފަސޭހަ ޚިދުމަތެއް ދިނުން ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ. ކުރިއަށް އޮތްތާންގައި އިތުރު ހޮސްޕިޓަލްތަކަށް ޚިދުމަތް ފުޅާކުރާނަން. މުޅި ރާއްޖެއިން މި ޚިދުމަތް ލިބުން އުއްމީދަކީ.

މިއުވާން ވިދާޅުވިއެވެ.

އާސަންދަ ސްކީމް ތައާރަފްކޮށް އެއްލައްކަ ރުފިޔާއާ ހަމައަށް ހިލޭ ބޭސް ފަރުވާކުރެވޭނެ އިންތިޒާމު ހަމަޖެއްސީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެ ހިދުމަތް އިތުރަށް ފުޅާކޮށް ހުސްނުވާ އާސަންދަށް ނުވަތަ ވަކި ލިމިޓެއް ނެތި ސަރުކާރުގެ ހޮސްޕިޓަލްތަކުން ބޭސް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސެވިއެވެ.

އާސަންދައަކީ، ދިވެހިރައްޔިތުންނަށް ހިލޭ ބޭސްފަރުކުރުމަށް މީގެ 10ވަރަކަށް އަހަރު ކުރިން ތަޢާރަފްކުރި ހެލްތު އިންޝުއަރެންސް ސްކީމެކެވެ. މި ޚިދުމަތުގެ ދަށުން ސަރުކާރު ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުން ހިލޭ ބޭސްފަރުވާ ކުރެވުމާއި، ވަކި ހާލަތްތަކުގައި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމުގެ ޚަރަދުތައްވެސް ބަލަހައްޓައެވެ. އަދި ބަލިމީހުން އިތުރު ފަރުވާއަށް އެއްތަނުން އަނެއްތަނަށް އުފުލުމުގެ ޚިދުމަތްވެސް ކުރަނީ އާސަންދައިގެ ޚަރަދުގައެވެ. އައިޖީއެމް ހޮސްޕިޓަލްގައިވެސް އަންނަނީ އާސަންދައިގެ ޑެސްކެއް ޤާއިމުކޮށް ޚިދުމަތްދެމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖޭގެ ސިޔާސީ މަސްރަހްގައި ހިނގާ ކަންތައްތަކާ ނުބެހޭނަން: އިންޑިއާ

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުން އަންނަ ކަންތައްތަކަށް ފާޑު ކިޔާ، ވަކި ބޭފުޅަކަށް ތާއީދު ނުކުރާނެ ކަމަށް އިންޑިއާއިން ...

ބޯވަނަގަން ފޭބި ޒުވާނަކު ގެއްލިގެން ހޯދަމުންދަނީ

މިއަދު ހެނދުނު ކ. ގުޅިފަޅު ކައިރިއަށް ބޯވަ ހިފަން ގޮސްގެން އުޅެނިކޮށް ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް މިހާރުވެސް ...

ސަރުކާރުން ނަގާ ބޮޑެތި ލޯނު އަދި ދަރަނި ދެއްކުމުގެ ހަކަތަ މި ސަރުކާރުގައި އެބަހުރި : މުނައްވަރު

ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭރުގެ އެހީއާއެކު ލޯނުތައް ނަގަމުންދަނީ އެލޯނުތައް ދެއްކޭނެ ގޮތް ދިރާސާކުރައްވާ އެހިސާބުތައް ޖެއްސެވުމަށްފަހުގައި ...